ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ހއ. އަތޮޅަށް ވަޑައިގެންފި

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ފެބުރުވަރީ މަހުގެ 24 އަދި 25 ވަނަ ދުވަހު ވަޑައިގެންފިއެވެ.

ބޮޑުތިލަދުންމައްޗަށް ކުރެއްވި މި ދަތުރުފުޅުގައި ފެބުރުވަރީ 24 ވަނަ ދުވަހު އެ މަނިކުފާނު ވަޑައިގެންނެވީ  ހޯރަފުށި، ތުރާކުނު، އިހަވަންދޫ އަދި  ދިއްދުއަށެވެ. ފެބުރުވަރީ 25 ވަނަ ދުވަހު  ވަށަފަރު، ކެލާ އަދި ބާރަށަށް ވަޑައިގެންނެވިއެވެ.

އެ މަނިކުފާނުގެ ދަތުރުފުޅުގައި ރައްޔިތުންނާއި ކައުންސިލްތަކާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި އެ ރަށްރަށުގެ ރައްޔިތުންނަށް ދަތިވާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މި މަޝްވަރާތަކަށްފަހު ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނުގެ ކެމްޕެއިންގެ ދަތުރުފުޅުގައި ވެފައިވާ ވަޢުދުތަކާ އެއްގޮތަށް ޢަމަލުފުޅު ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވިއެވެ.

 

ބޮޑުތިލަދުންމައްޗަށް ރައީސުލްޖުމްހޫރިޔާ ކުރެއްވި ދަތުރުފުޅުގައި ހުރިހާ ރަށަކުން އެ މަނިކުފާނަށް ވަނީ ވަރަށްހޫނު މަރުޙަބާއެއް ދަންނަވާފައެވެ.