ހއ. އަތޮޅުގެ ރަށުކައުންސިލް ތަކަށް އަމާޒުކޮށް އޮޓޯކެޑް ތަމްރީން ޕްރޮގްރާމެއް ފެށިއްޖެ

ި ކައުންސިލާއި ސިވިލް ސަރވިސް ކޮމިޝަނާއި ރަށުކައުންސިލްތައް ގުޅިގެން އޮޓޯކެޑް ތަމްރީން ޕްރޮގްރާމެއް އިއްޔެ ފެށިއްޖެއެވެ. އޮގަސްޓް 31ން ސެޕްޓެންބަރު 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިތަމްރީން ޕްރޮގްރާމް ފެށިފައިވަނީ  2023 އޮގަސްޓް 31 ވަނަ ދުވަހުއެވެ. ހއ. އަތޮޅު ސްޓޭޓްހައުސްގެ ކޮންފަރެންސް ހޯލްގައި އޮގަސްޓު 31 ވަނަ ދުވަހު، ހެނދުނު 9:45 ގައި މި ތަމްރީން ޕްރޮގްރާމް ފައްޓަވައިދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. ރައީސްގެ ވާހަކަފުޅުގައި މިފަދަ ތަމްރީން ޕްރޮގްރާމެއް ބޭއްވުމުގެ މަޤްޞަދަކ ރައްޔިތުންނަށް ޚިދުމަތް ދެއްވުމަށް ތިއްބެވި މުވައްޒަފުން އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ. މީގެ އިތުރުން ކޮންމެ ރަށެއްގައި ހިންގާ ޕްރޮޖެކްޓުތައް ރާވާއި ހިންގުމުގައި އެހީތެރިވެދިނުންކަމށް ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ސީނިއަރ ކައުންސިލް އެގްޒެކެޓިވް ޢަބްދުﷲ ޝަފީޤުގެ ވާހަކަފުޅުގައި މިފަދަ ޕްރޮގްރާމެއް ހިންގެވުމަށް ކައުންސިލްގެ ރައީސް އަދި ކައުންސިލްގެ މެންބަރުން ނިންމެވުމަކީރަށުކައުންސިލްތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ލިބޭ ވަރަށްބޮޑު ފަސޭހައެއްކަން ފާގަގަކުރެއްވިއެވެ. އަދި މި ކައުންސިލްގެ މަޤްޞަދަކީ މިފަދަ މުހިއްމު މަސައްކަތްތައް ދިގުމުއްދަތަކަށް ރާވައި ހިންގާނެ ގޮތް ދަސްކޮށްދިނުން ކަމުގައި ފާހަގަ ކުރެއްވިއެވެ.

މި ތަމްރީން ޕްރޮގްރާމަކީ މި އަތޮޅުގެ ހުރިހާ ރަށުކައުންސިލްތަކަށް އަމާޒު ކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ. އެގޮތުން މި ޕްރޮގްރާމްގައި މި އަތޮޅުގެ 13 ރަށުކައުންސިލުން 25 މުވައްޒަފުންނާއި ، މި ކައުންސިލުން 4 މުވައްޒަފުން ބައިވެރިވެފައިވެއެވެ. ބައިވެރިވެފައިވެއެވެ. މި ތަމްރީން ޕްރޮގްރާމްގައި

ކިޔަވައި ދެއްވަނީ ސިވިލް ސަރވިސް ކޮމިޝަންގެ އެކްސްޓަރނަލް ޓްރެއިނަރ އަސްޢަދު މޫސާ އެވެ.