ޒުވާން މަސްވެރިޔާގެ އަގު ވަޒަންކޮށްފި

ރާއްޖޭގެ ޒުވާން މަސްވެރިޔާ ހަސަން ސާޖިން ހއ. އަތޮޅަށް ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން މި ކައުންސިލުން ރަސްމިއްޔާތެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވުނީ ހއ. އަތޮޅު ސްޓޭޓްހައުސް ކޮންފަރެންސް ހޯލްގައެވެ. މިއަދު ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް މޫސާ ޝަފީޤްގެ ވާހަކައިގައި ޒުވާން މަސްވެރިޔާ މި އަތޮޅު ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައި ހއ. އަތޮޅުގެ މަސްވެރިކަމާއި މާއްދީ އަދި މަޢުނަވީ ތަރިކަ ޕޮރޮމޯޓް ކޮށްދެއްވާފައިވެއެވެ. އެ މަސައްކަތަކީ ކުރުން އެހާ ފަސޭހަ ކަމަކަށް ނުވިނަމަވެސް އެ މަސައްކަތް ސާޖިން ކުރެއްވީތީ، އެކަމުގެ އަގުވަޒަންކޮށް ޙަސަން ސާޖިން އަށް ޝުކުރު ދެންނެވިއެވެ. ޒުވާން މަސްވެރިޔާ ޙަސަން ސާޖިންގެ ވާހަކައިގައި މިފަދަ ރަސްމިއްޔާތެއް ބާއްވައި ޒުވާން މަސްވެރިޔާގެ ޚިދުމަތުގެ އަގު ފުރަތަމަ ފަހަރަށް ހއ. އަތޮޅުން ފާހަގަކޮށްފައިވާތީ، ހއ. އަތޮޅުގެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ސާޖިން އަށް ހަނދާނީ ފިލައެއް އެރުވިފައިވެއެވެ.