ހއ.އަތޮޅުގެ ބައެއް ރަށު ކައުންސިލްތައް މޮނިޓަރކުރަން ފަށައިފި

ހއ.އަތޮޅު 7 ރަށެއްގެ ރަށު ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް އެބަދެއެވެ.

ކައުންސިލްތައް މޮނިޓަރ ކުރުމުގެ ބޭނުމަކީ ލާމަރުކަޒީ ޤާނޫނާއި، ހެދިފައިވާ އެހެނިހެން ޤާނޫނުތަކާއި، ޤަވާޢިދުތަކާ އެއްގޮތަށް ކައުންސިލްތައް ހިނގަމުން ގެންދޭތޯ ބެލުމެވެ. މީގެއިތުރުން މި މޮނިޓަރިންގގައި، ކައުންސިލްތަކުން ފޮނުވަންޖެހޭ ރިޕޯރޓްތައް ޤަވާޢިދުން ފޮނުވާތޯ ބެލުމާއި ފައިސާއާއި ޕްރޮކިއުމަންޓްގެ މަސައްކަތް ކުރަމުން ގެންގޮސްފައިވަނީ ހެދިފައިވާ ޤަވާޢިދުތަކާ އެއްގޮތަށްތޯ ބެލެވޭނެއެވެ.

ކައުންސިލްތައް މޮނިޓަރ ކުރުމަށް މިމަހު 12 ވަނަދުވަހު ފެށުނު މި ދަތުރުގައި ހއ. މޮޅަދޫ، ވަށަފަރު، ކެލާ، ފިއްލަދޫ، ބާރަށް މުރައިދޫ، އުތީމު ކައުންސިލް މޮނިޓަރ ކުރެވޭނެއެވެ.

ވޭތުވެދިޔަ 2021 ވަނަ އަހަރު 7 ކައުންސިލެއް ވަނީ މޮނިޓަރ ކުރެވިފައެވެ.