ބެސްޓްއޯލްރައުންޑަށް ދެވޭ ފައިސާގެ އިނާމު ސްކޫލްތަކާ ހަވާލުކުރުން

ވޭތުވެދިޔަ ތިންއަހަރު، ހއ.އަތޮޅުގެ ސްކޫލްތަކުން ޖީ.ސީ.އީ އޯލެވެލް އަދި އޭލެވެލް ހެދި ދަރިވަރުންގެ ތެރެއިން ހުރިހާގޮތަކުން އެންމެ ރަނގަޅު ދަރިވަރުންނަށް ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ދެވޭ ފައިސާގެ އިނާމު އެސްކޫލްތަކާ ޙަވާލުކުރަން ފަށަފިއެވެ.

މިހާތަނަށް ހަތަރު ސްކޫލަކަށް ފައިސާގެ އިނާމުވަނީ ޖަމާކޮށްދީފައެވެ. ފައިސާގެ އިނާމު ޖަމާކޮށްދީފައިވާ ސްކޫލްތަކަކީ ތުރާކުނު ސްކޫލް، އިހަވަންދޫ ސްކޫލް، މާރަންދޫ ސްކޫލް އަދި ހއ.އަތޮޅު ތަޢުލީމީ މަރުކަޒެވެ.

އޯލެވެލް އަދި އޭލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާހޯދާ ދަރިވަރުންނަށް އަތޮޅު ކައުންސިލުން ފައިސާގެ އިނާމު ދިނުމުގެ މަޤްޞަދަކީ ތަޢުލީމީގޮތުން ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ހިތްވަރު ދިނުމާއި ތަޢުލީމީ ޤާބިލް ދަރިންތަކެއް އަތޮޅުގައި އުފެއްދުމެވެ.

ހއ.އަތޮޅު ތަޢުލީމީމަރުކަޒަށް ފައިސާގެ އިނާމު ޙަވާލުކޮށްދެއްވީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ.