އަަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް މަރުހަބާ ދެންނެވުން

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއަށް އަލަށް އައްޔަން ކުރެއްވި ސެކްރެޓަރީ ޖެނެރަލް ހއ. ދިއްދޫ އާލިޔާ އަލްފާޟިލް މުޙައްމަދު އަސްލަމް އޮފީހަށް ވަޑައިގެންނެވުމާ ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދަންނަވައިފިއެވެ.

އަލްފާޟިލް މުޙައްމަދު އަސްލަމަށް މަރުހަބާ ދެންނެވުމުގެގޮތުން ބޭއްވުނު އިވެންޓްގައި އެމަނިކުފާނަށް މަރުހަބާ ދެންނެވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މޫސާ ޝަފީޤްއާއި ސީނިޔަރ ކައުންސިލް އެގްޒެކެޓިވް އަލްފާޟިލް ޢަބްދުﷲ ޝަފީޤްއާއި ކައުންސިލްގެ އިސްވެރިންނާއި މުވައްޒަފުންނެވެ.

ސެކްރެޓަރީ ޖެނެރަލްއަށް މަރުހަބާ ދެންނެވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ހުރިހާ މުވައްޒަފުންގެ ތަޢާރަފެއް ދެއްވައި އެ މަނިކުފާނުގެ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް އެދިވަޑައި ގެންނެވިއެވެ. އަދި މުވައްޒަފުންގެ ފަރާތުން ވަރަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ސެކްރެޓަރީ ޖެނެރަލަށް ދެއްވިއެވެ.