ރައީސުލްޖުމްހޫރިއްޔާ ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙު ތިލަދުންމަތީ އުތުރުބުރީގެ ބައެއްރަށްރަށަށް ދަތުރުފުޅެއް ކުރައްވައިފިއެވެ. 2019 މާރިޗް 31 ން އޭޕްރީލް 1 އަށް ރައީސް ކުރެއްވި މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި މިއަތޮޅު ހޯރަފުށި، އިހަވަންދޫ، އުތީމު، ދިއްދުއަށް ވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާ ދިއްދުއަށް ވަޑައިގެން ދިއްދޫގައި ހުރި ސަރުކާރުގެ ބައެއް އޮފީސްތަކަށް ޒިޔާރަތް ކުރެއްވިއެވެ.

އެމަނިކުފާނު ވަޑައިގެންނެވި އިދާރާތަކުގެ ތެރޭގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒާއި، ރަށު ކައުންސިލްގެ އިދާރާއާއި އަތޮޅު ކައުންސިލްގެ އިދާރާއާއި ހއ. އަތޮޅު ހޮސްޕިޓަލް ހިމެނެއެވެ. ރައީސުލްޖުމްހޫރިއްޔާ އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އެތަނުގައި އެޑްމިޓް ކުރެވިފައިވާ ބަލިމީހުންނަށް ޒިޔާރަތް ކުރައްވާ ހާލުއަހުވާލު އޮޅުން ފިއްލުއްވިއެވެ. އަދި މީގެ އިތުރުން އަތޮޅު ހޮސްޕިޓަލްގެ އެކި ޑިޕާރޓްމަންޓްތައް ބައްލަވާ ލައްވައި ޚިދުމަތް ދެވެމުންދާގޮތުގެ މަޢުލޫމާތު އޮޅުން ފިލުއްވިއެވެ.

Leave a Reply