މިނިވަން ދުވަހުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ 56 ވަނަ މިނިވަން ދުވަހުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި
ޤައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

2021 ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު 6:00 ގައި ބޭއްވުނު މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައި ދެއްވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް މުސާ ޝަފީޤެވެ. މި ރަސްމިއްޔާތުގައި ދިއްދޫގައި ހުރި ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ޤައުމީ ދުވަހުގެ ދިދަ ނަންގަވައި ދެއްވުމަށްފަހު ޤައުމީ ސަލާމް ކިއުން އޮތެވެ.

ޤައުމީ ދުވަހުގެ ދިދަ ނަންގަވައި ދެއްވުމަށްފަހު ދުވަހާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ވާހަކަފުޅު ދެއްކެވިއެވެ. ރައީސްގެ ވާހަކަ ފުޅުގައި މިއަދަކީ އިނގިރޭސިންގެ އަތުން ސިޔާސީ މިނިވަންކަން ދިވެހިންނަށް ލިބިގެން ދިޔަތާ 56 ފުރޭ ދުވަސްކަމާ، މިއަދު ދެކެމުންމިދާ މިނިވަންކަން ހޯއްދައި ދެއްވުމުގައި ޢަމަލީގޮތުން މަސައްކަތް ކުރެއްވި އޭރުގެ ރައީސް ސުއްމުވުލްއަމީރު އިބްރާހީމް ނާޞިރަށް ޝުކުރު ދަންނަވާ އެމަރުޙޫމްގެ ފުރާފުޅަށް ހެޔޮރަޙްމަތް ލެއްވުން އެދި ވަޑައިގެން ދުއާކުރެއްވިއެވެ.