ދައުރު ބަދަލުވުމާގުޅޭ އިންތިގާލީ ރިޕޯރޓް އިންތިޚާބީ ކައުންސިލަރުންނާ ހިއްސާކޮށްފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ގެ 25 ވަނަ މާއްދާގެ ދަށުން އިންތިޚާބުކުރެވުނު ކައުންސިލަރުންގެ ދައުރު ބަދަލުވުމުގެ މަރުޙަލާގެ ކަންކަން ތަންޛީމުކުރުމުގެ ގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވައިލާފައިވާ، ކައުންސިލަރުންގެ ދައުރު ބަދަލުވުމުގެ މަރުހަލާގެ އުސޫލު ގެ ތެރެއިން ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލަށް އިންތިޚާބުކުރެވުނު ކައުންސިލަރުންނަށް އިންތިޤާލީ ކޮމިޓީގެ ރިޕޯޓް ހިއްސާކުރުން 2021 މޭ 11 ވަނަ ދުވަހު 10:30 ގައި  ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގައި ކުރިއަށް ގެންގޮސްފިއެވެ.

އޮންލައިކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ރިޕޯޓް ހިއްސާކޮށްދެއްވީ، ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަދި އެކްޓިންގ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް ޢަބްދުﷲ ޝަފީޤެވެ. މި ރިޕޯރޓާ ގުޅޭގޮތުން ކައުންސިލްގެ ތިންވަނަ ދައުރުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިނާއި ހަތަރުވަނަ ދައުރުގެ އިންތިޚާބީ ރައީސް އަލްފާޟިލް މޫސާ ޝަފީޤު މި ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ މިދައުރުގެ ރައީސާއި، މެންބަރުން އިންތިޚާބީ ކައުންސިލަރުންނަށް މަރުހަބާ ދެންނެވުން އޮތެވެ. އަދި މީގެ އިތުރުން ކުރިމަގުގައި ކައުންސިލް ހިންގުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.