ކޮވިޑް 19 ރިލީފް ފަންޑު ހުޅުވައި އެ ފަންޑުން ރަށު ކައުންސިލްތަކަށް ފައިސާގެ އެހީވެ ދީފި
ކޮވިޑް 19 އާއި ގުޅިގެން ދިމާވާ ކަންކަމުގައި ޚަރަދުކުރުމަށް ” ކޮވިޑް 19 ރިލީފް ފަންޑު ” ގެނަމުގައި ހއ. އަތޮޅު ކައުންސިލުން ފަންޑެއް ހުޅުވައިފިއެވެ. މިފަންޑުގެ ބޭނުމަކީ ކޮވިޑް 19 އާއި ގުޅިގެން ރަށު ކައުންސިލްތަކުން ކުރަންޖެހޭ މުހިންމު ޚަރަދުތައް ކުރެވޭނެގޮތް ހަމަޖައްސައި ދިނުމެވެ.
ތިންލައްކަ ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ފައިސާ ދޫކުރުމަށް އަތޮޅު ކައުންސިލްގެ 153 ވަނަ ޢާންމު ބައްދަލުވުމުން ނިންމާފައިވަނީ ކޮވިޑް 19 އަތޮޅު އިމަންޖެންސީ އޮޕަރޭޝަން ސެންޓަރު ހިމެނޭގޮތަށާއި ހއ. އަތޮޅު 14 ރަށުގައި ގާއިމްކޮށްފައިވާ އޮޕަރޭޝަން ސެންޓަރުތައް ހިމެނޭގޮތަށެވެ.
ރަށު އިމަޖެންސީ ސެންޓަރުތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ދެލައްކަ ފަންސާސް ހާސްރުފިޔާގެ %50 ހުރިހާ ރަށަކަށް ހަމަހަމައަށް ދޫކުރުމަށާއި އަނެއް %50 އެރަށަކުން ޚިދުމަތް ދޭންޖެހޭ އާބާދީއަށް ނިސްބަތްކޮށް ދޫކުރުމަށެވެ. މިފައިސާ މިހާރުވަނީ ރަށުކައުންސިލްތަކުގެ އެކައުންޓްތަކަށް ޖަމާކޮށް ދެވިފައެވެ. ފައިސާ ދޫކުރެވުނުގޮތް
ތުރާކުނު ކައުންސިލް: 12,681.94
އުލިގަމު ކައުންސިލް: 11,794.39
މޮޅަދޫ ކައުންސިލް: 11,029.81
ހޯރަފުށީ ކައުންސިލް: 27,551.05
އިހަވަންދޫ ކައުންސިލް:27,374.61
ކެލާ ކައުންސިލް: 21,605.55
ވަށަފަރު ކައުންސިލް: 13,820.78
ދިއްދޫ ކައުންސިލް: 32,753.37
ފިއްލަދޫ ކައުންސިލް: 14,948.93
މާރަންދޫ ކައުންސިލް: 14,563.97
ތަކަންދޫ ކައުންސިލް: 13,917.02
އުތީމު ކައުންސިލް: 14,104.15
މުރައިދޫ ކައުންސިލް: 13,745.93
ބާރަށު ކައުންސިލް: 20,108.48
އަތޮޅު އިމަޖެންސީ ސެންޓަރަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ފަންސާސް ހާސް ރުފިޔާއެވެ.