ލާމަރުކަޒީ ދުވަހާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި

މިއަހަރުގެ ލާމަރުކަޒީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރިއަށް ގެންދަވާ ޕްރޮގްރާމްގެ ތެރެއިން ” ލާމަރުކަޒީ ނިޒާމާބެހޭ ” މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ހއ. އަތޮޅުގައި ކުރިއަށް ގެންގޮސްފިއެވެ.

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ތައްޔާރު ވެފައިވާ ލޯކަލް ކައުންސިލްގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތި ލައްވާފައިވާ ފަރާތްތައް ހިމެނޭގޮތަށް ބޭއްވި މި ޕްރޮގްރާމަކީ  ” ބޭސިކް ޓްރެއިނިންގ އޮން ޑިސެންޓްރަލައިޒޭޝަންގެ ” ނަމުގައި ހިންގުނު ޕްރޮގްރާމެކެވެ.

ހއ. ހޯރަފުށި ، ތުރާކުނު ފިޔަވައި 12 ރަށުން ޖުމްލަ 55 ބައިވެރިން ބައިވެރި މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފެސިލިޓޭޓަރުންނެވެ. މިއީ 1 ދުވަހުގެ މުއްދަތަށް ހިންގުނު ޕްރޮގްރާމެކެވެ. ލާމަރުކަޒީ ދުވަހަކީ ފެބުރުއަރީ 26 ވަނަ ދުވަހެވެ.