ކެލާ ހިމެނޭ ރަށްތަކަށް ލޯންޗު ފެރީގެ ޚިދުމަތް ދޭން ފަށައިފި

ހއ ކެލައާއި ކުޅުދުއްފުއްޓާ ދެމެދު އެމްޓީސީސީގެ ލޯންޗް ފެރީގެ ޚިދުމަތް ދޭން ފަށައިފިއެވެ. މިކަމަށްޓަކައި ކެލާގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދަތުރުތައް އިފްތިތާހްކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ ހުސެއިން ޝާހެވެ.

ފެރީގެ ދަތުރުތައް އޮންނަ ރަށްތަކަކީ ކެލާ، ވަށަފަރު، ފިއްލަދޫ، ބާރަށް ހަނިމާދޫ އަދި ކުޅުދުއްފުއްޓަށެވެ. ދަތުރުތައް އޮންނަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު އާދިއްތަ އަންގާރަ އަދި ބުރާސްފަތި ދުވަހު އެވެ.

ކެލާއިން ކުޅުދުއްފުއްޓަށް ހެނދުނު 6:30 ގައި ދަތުރުތައް ފަށާއިރު، ކުޅުދުއްފުށިން ކެލާއަށް ދަތުރުތައް އޮންނާނީ މެންދުުރުފަހު 2:30 ގައެވެ. މި ރޫޓުގެ އަގުތައް އުޅެނީ 75 ރުފިޔާއިން 250 ރުފިޔާއާ ދެމެދުގައެވެ.

ކެލާއިން ކުޅުދުއްފުއްޓަށް ފުރަން ހަމަޖެހިފައިވަނީ ހެނދުނު 6:30 ގައެވެ. އަދި  ވަށަފަރު، ފިއްލަދޫ، ބާރަށް، ހަނިމާދޫ އަށް ޖެއްސުމަށްފަހު ކުޅުދުއްފުއްޓަށް އާދެވޭނީ ހެނދުނު 7:50 ގައެވެ. ކުޅުދުއްފުށީ ފުރުން ހަމަޖެހިފައިވަނީ

މެންދުރުފަހު 14:30 ގައެވެ.

ޓިކެޓް ނަގަން ބޭނުންވާ ފަރާތްތަކުން 3001462، 3001463 ނަމްބަރާ ގުޅުވުމުން ޓިކެޓްގެ ކަންތައް ހަމަޖެހޭނެކަމަށް އެމްޓީސީސީން މައުލޫމާތު ދެއްވައެވެ.