ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަށް ނަން ހުށަހެޅުން

”ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯރޑް” 2019 އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައި ލައިފިއެވެ. އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި މިއިނާމަށް އެދި ހުށަހަޅަންޖެހޭ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމް ފުރިހަމަ ކުރުމަށްފަހު މިހިނގާ ސެޕްޓެމްބަރ 30 ވަނަ ދުވަހުގެ 14:00 ގެކުރިން އަތޮޅު ކައުންސިލަށް ނުވަތަ އެރަށެއްގެ ރަށު ކައުންސިލަށް ހުށަހަޅަން ޖެހޭނެކަމަށް އަތޮޅު ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ.

އަތޮޅު ކައުންސިލުން ދެއްވަމުން ގެންދަވާ މި އެވޯޑަކީ ތަފާތު އެކި ދާއިރާތަކުން އަތޮޅަށް ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެއްވަމުން ގެންދަވާ އެވޯޑެކެވެ. މި އެވޯޑަށް ކުރިމަތިލެވޭ ދާއިރާތަކުގެ ތެރޭގައި ތަފާތު ފަންނުތަކުން ފާހަގަކޮށްލެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ހއ.އަތޮޅަށް ކޮށްދެއްވާފައިވާ ފަރާތްތަކާއި، ހއ.އަތޮޅުގެ ސްކޫލް/ މަދަރުސާތަކުން ފަޚުރުވެރި ވަނަތައް ހޯދާފައިވާ ދަރިވަރުންނާއި، 2017 އަދި 2018 ވަނަ އަހަރު އަތޮޅަށް އެންމެ ޚިދުމަތްތެރި ރިޒޯޓަކާއި، އަދި އަތޮޅުގެ އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި، ކްލަބު ޖަމުޢިއްޔާތައް ހިމެނެއެވެ.

މި އެވޯޑަށް ނަން ހުށަހަޅާފޯމް މިސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި އިނާމާބެހޭ ގޮތުން މިއިދާރާގެ 6500002 ނަމްބަރުން މަޢުލޫމާތު ސާފުކޮށް ދެވޭނެއެވެ.

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު ދިނުމުގެ ޙަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރ މަހުގެ ތެރޭގައި ކަމަށްވެސް އަތޮޅު ކައުންސިލުން މަޢޫލޫމާތު ދެއްވިއެވެ. އަތޮޅު ކައުންސިލުން މި އެވޯޑް ދެއްވަމުން އަންނަތާ މިއީ ހަތަރުވަނަ ފަހެރެވެ.