ތުރާކުނު ކައުންސިލްގެ އިދާރާ މޮނިޓަރ ކޮށްފި

ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް މި އޯގަސްޓް މަހުގެ 26 ން 27 އަށް އަތޮޅު ކައުންސިލުން ކުރިއަށް ގެންގޮސްފިއެވެ.

މި މޮނިޓަރިންގައި ބަލާފައިވާނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ކައުންސިލްގެ މައްޗަށް ލާޒިމުކުރާ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތާއި އަދި ފައިސާގެ ހިސާބުތައް ހިންގާފައިވަނީ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށްތޯއާއި ކައުންސިލުން ދޭންޖެހޭނެ ކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ރަށްވެހިކަމުގެ ޚިދުމަތްތައް ދެވިފައިވާ ގޮތެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ރަށު ކައުންސިލްތަކުން ހިންގާ ހަރަކާތްތައް ވިލަރެސްކުރުމާއި ކައުންސިލްތައް ހިނގާ ނުހިނގާގޮތް ބެލުމާއި، އަދިހަމަ މި ޤާނޫނުގެ 8 ވަނަ މާއްދާގެ (ޒ) ގައިވާ ގޮތުގެމަތިން ރަށު ކައުންސިލްތަކުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުމަކީ އަތޮޅު ކައުންސިލްގެ މައްޗަށް ލާޒިމްކުރާ ކަމެކެވެ.