ފަހިދުވެލީގެ ދަށުން ކުރެވޭ ލޯންޗް ފެރީ ދަތުރުތައް އިތުރު ރަށްރަށަށް
ހއ. އަތޮޅު ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ލޯންޗް ފެރީ ދަތުރުތައް ތަޖުރިބާ ކުރުމުގެ ގޮތުން، އިތުރު ރަށްރަށާއި، ކުޅުދުއްފުއްޓާއި ހަނިމާދޫއާ ދެމެދު ދަތުރު ކުރާގޮތަށް ހަމަޖައްސައިފިއެވެ.
އަތޮޅު ކައުންސިލްގެ 113 ވަނަ ބައްދަލުވުމުން ނިންމާފައިވާ ގޮތުގައި އަލަށް ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ، ދިއްދޫ – ވަށަފަރު – އުތީމު ހަނިމާދޫ – ކުޅުދުއްފުއްޓަށެވެ. މީގެކުރިން ފަހިދުވެލީގެ ފެރީ ދަތުރުތައް ކުރަމުން ގެންގޮސްފައިވަނީ ހަމައެކަނި ދިއްދޫ – ކުޅުދުއްފުއްޓާ ދެމެދުގައެވެ. އެހެންނަމަވެސް ފެރީ ދަތުރުތަކުން މާބޮޑު ނަފާއެއް ލިބެމުން ނުދާތީ އިތުރު މަންޒިލްތައް އިތުރުކުރަން ޖެހުނީއެވެ.
ކައުންސިލުން ނިންމާފައިވާ ގޮތުގައި ދަތުރުތައް ފެށޭނީ މި އޯގަސްޓް މަހުގެ 8 ވާ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ހަފުތާއަކު އެއްފަހަރު ކުރަން ހަމަޖެހިފައިވާ މިދަތުރުތަކުގެ އަގަށްވެސްވަނީ ބަދަލު އައިސްފައެވެ.
ދަތުރު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ބުދަ ދުވަހުގެ 14:00 ގެ ކުރިން އަތޮޅު ކައުންސިލްގެ އިދާރާއާ ގުޅުއްވައިގެން ޓިކެޓް ނެންގެވުމަށް ކައުންސިލުން ވިދާޅުވެއެވެ. ދަތުރުތަކާ ބެހޭގޮތުން، ނަމްބަރު 6500120 އާ ނުވަތަ 9102555 ނަމްބަރާ ގުޅުއްވުން އެދެމެވެ.
ދިއްދޫ – ވަށަފަރު އެއްކޮޅަށް -/100ރ ދެކޮޅަށް -/150ރ
ވަށަފަރު – ހަނިމާދޫ އެއްކޮޅަށް -/200ރ ދެކޮޅަށް -/300ރ
ވަށަފަރު – ކުޅުދުއްފުށި އެއްކޮޅަށް -/200ރ ދެކޮޅަށް -/300ރ
ދިއްދޫ – އުތީމު އެއްކޮޅަށް -/100ރ ދެކޮޅަށް -/150ރ
ދިއްދޫ – ހަނިމާދޫ އެއްކޮޅަށް -/200ރ ދެކޮޅަށް 300ރ
އުތީމު – ކުޅުދުއްފުށި އެއްކޮޅަށް -/200ރ ދެކޮޅަށް -/300ރ
އުތީމު – ހަނިމާދޫ އެއްކޮޅަށް -/200ރ ދެކޮޅަށް -/300ރ
ހަނިމާދޫ – ކުޅުދުއްފުށި އެއްކޮޅަށް -/200ރ ދެކޮޅަށް -/300ރ
ދިއްދޫ – ކުޅުދުއްފުށި އެއްކޮޅަށް -/200ރ ދެކޮޅަށް -/300ރ