ރަށު ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ފަށައިފި

ހއ. އަތޮޅު ރަށު ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް އަތޮޅު ކައުންސިލުން ފަށައިފިއެވެ. މިހިނގާ ޖުލައިމަހުގެ 01 ވަނަ ދުވަހު ފެށުނު މި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ މޮނިޓަރ ކުރެވުނީ މުރައިދޫ ކައުންސިލްގެ އިދާރާއެވެ.

ކައުންސިލްތައް މޮނިޓަރކޮށް ހިނގާ ނުހިނގާގޮތް ބެލުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން އަތޮޅު ކައުންސިލްގެ މައްޗަށް ލާޒިމްކުރާ ކަމެކެވެ. އެހެންކަމުން މިބުރުގައި 8 ރަށެއްގެ ރަށު ކައުންސިލް މޮނިޓަރ ކުރެވޭނެއެވެ.

ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަޤްޞަދަކީ ކައުންސިލްތައް ހިންގުމާއި، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ދިނުމުގައި ލާމަރުކަޒީ ޤާނޫނާއި  ހެދިފައިވާ އެހެން ޤާނޫނުތަކާއި ޤަވާޢިދުތަކާއި އެއްގޮތަށް މަސައްކަތްތައް ހިންގާފައި ވޭތޯބެލުމެވެ.