ތިލައުތުރު ފުޓްސަލް – 2025 އުތީމު ކާމިޔާބުކޮށްފި
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް- 2025” ފައިނަލް މެޗުގައި އުތީމާއި މުރައިދޫ ބައްދަލުކޮށް ޗެމްޕިއަން ކަން އުތީމު ހޯދައިފިއެވެ. މިރޭ ހއ. އުތީމުގައި ކުޅުނު ފޯރިގަދަ މެޗުގައި ދެޓީމުން ވެސް މޮޅު ކުޅުމެއް ދެއްކި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ލަނޑެއް ނުޖެހި އެއްވަރުވުމުން، ޖެހި ޕެނަލްޓީގައި އުތީމު ކުރިހޯދީ 5-3 ނެވެ.
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ގޮތުގައި ހޮވިފައިވަނީ:
މުރައިދޫ ޓީމުގެ ޖާޒީ ނަންބަރު 1 ޢަބްދުﷲ ޢަބްދުލް ޢަޒީޒް
ދިއްދޫ ޓީމުގެ ޖާޒީ ނަންބަރު 37 މުޙައްމަދު ނައުޝާދު
އުތީމު ޓީމުގެ ޖާޒީ ނަންބަރު 7 މުޙައްމަދު މަޒީން
އުތީމު ޓީމުގެ ޖާޒީ ނަންބަރު 5 މުޙައްމަދު ރިފާޢު
މުރައިދޫ ޓީމުގެ ޖާޒީ ނަންބަރު 7 މުޙައްމަދު ނަޒްމީން ޙުސައިން
މި މުބާރާތުގައި އެންމެ އުއްމީދީ ކުޅުންތެރިޔާގެ ޓްރޮފީ ޙާޞިލްކުރީ އިހަވަންދޫ ޓީމުގެ ޖާޒީ ނަންބަރު 7 ޢަލީ ނާއިޝް
މި މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކީ ހޯރަފުށީ ޓީމުގެ ޖާރޒީ ނަންބަރު 11 ޢަލީ ޒިޔާދު މުޙައްމަދު
މުބާރާތުގެ އެންމޮމޮޅު ކޯޗަކަށް ހޮވިފައިވަނީ އުތީމު ޓީމްގެ ކޯޗު ޢަލީ ހައިޝަމެވެ. އަދި މި މުބާރާތުގެ ކިންގް އޮފް ދަ ޓޯނަމަންޓްގެ މަޤާމް ހޯދީ އުތީމު ޓީމްގެ ޖާރޒީ ނަންބަރު 7 މުޙައްމަދު މަޒީނެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ދިއްދޫ ޓީމެވެ.
ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.