ތިލައުތުރު ފުޓްސަލް މުބާރާތް: ސެމީ ފައިނަލް މެޗުތައް މާދަމާ
ހއ. އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާ، ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ މަޤްޞަދުގައި ކުރިއަށްދާ ތިލައުތުރު ފުޓްސަލް މުބާރާތް 2025 ގެ ސެމީ ފައިނަލް މެޗުތައް މާދަމާ ފެށޭނެއެވެ. ސެމީއިން ޖާގަ ކަށަވަރު ކުރީ އިހަވަންދޫ މުރައިދޫ، ދިއްދޫ، އުތީމެވެ.
މުބާރާތުގެ ސެމީފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ ވާދަކުރާނީ މުރައިދޫ އާއެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުއޮންނާނީ ހަވީރު 4:30 ގައެވެ. މިދިޔަ އަހަރުގެ ރަނަރަޕް އުތީމް ވާދަކުރާނީ ދިއްދޫއާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ރޭގނަޑު 8:30 ގައެވެ.
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތް މި އަހަރު ބާއްވަނީ އުތީމުގައެވެ. މި މުބާރާތުގައި ހއ. އަތޮޅުގެ 9 ޓީމް ވަނީ ބައިވެރިވެފައެވެ.