ތިލައުތުރު އެވޯޑު 2025 ބާއްވައިފި
ހއ.އަތޮޅު ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ތިލައުތުރު އެވޯޑް ރަސްމިއްޔާތު 27 އޮކްޓޫބަރު ވީ ހޯމަދުވަހުގެ ރޭ ބާއްވައިފިއެވެ. ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ތިލައުތުރު މާލަމުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.
މި ރަސްމިއްޔާތުގެ ބައިވެރިންނާއި އެވޯޑް ލިބޭ ފަރާތްތަކަށް މަރުހަބާ ދެންނެވެމުގެ ގޮތުން ވާހަކަ ފުޅު ދެއްކެވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީގެވެ. އަދި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ މި ކައުންސިލުގެ ސެކްރަޓަރީ ޖެނެރަލް ޢަބްދުއްލަޠީފް ޙަސަނެވެ.
މި ރަސްމިއްޔާތުގައި 2024 ވަނަ އަހަރު މި ކައުންސިލުން ކުރެވުނު މަސައްކަތްތަކާއި ގުޅޭ ވީޑިޔޯ ރިޕޯޓެއް ހުށަހެޅިފައިވެއެވެ.
މި ރަސްމިއްޔާތުގައި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތާއި 37 ވަނަ ޤައުމީ މުބާރާތުގައި ހއ.އަތޮޅު ކައުންސިލް ތަމްސީލް ކުރި ދަރިވަރުންގެ ތެރެއިން އަތޮޅަށް ރަންވަނަ ހޯދައިދިން ދަރިވަރުންނަށް މި ކައުންސިލުގެ ފަރާތުންދޭ ތިލައުތުރު އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަހްމަދު ޞަބާހެވެ.
ތިލައުތުރު ޚާއްސަ އެވޯޑު ހާސިލްކުރި ދަރިވަރުންނަށާއި އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި އެންމެ ހަރަކާތްތެރި ކުލަބު ޖަމިއްޔާއަށް އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީޤެވެ.
3 ވަނަ އަށް އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަކަށް ހޮވިފައިވަނީ އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެވެ. 2 ވަނަ އަށް އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަކަށް ހޮވިފައިވަނީ މާރަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއެވެ. 1 ވަނަ އަށް އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަކަށް ހޮވިފައިވަނީ ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއެވެ.
މި އަހަރުގެ ތިލައުތުރު ހިންގުންތެރިކަމުގެ އެވޯޑުގެ ބައިން އެންމެ އެންމެ ޙަރަކާތްތެރި ކްލަބު ޖަމްޢިއްޔާ އަކީ
ދިއްދޫ ކުރިމަގު ޖަމްއިއްޔާއެވެ.
މަތީ ދަރަޖަ އެވޯޑާއި އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކަށާއި ތިލައުތުރު ހިތްވަރު ދިނުމުގެ އެވޯޑާއި ޚާއްސަ ޚިދުމަތުގެ އެވޯޑް ހަވާލުކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހްމާން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.
3 ވަނަ އަށް އެންމެ ހިންގުންތެރި ރަށު ކައުންސިލަކަށް ހޮވިފައިވަނީ އިހަވަންދޫ ކައުންސިލެވެ. އަދި 2 ވަނަ އަށް އެންމެ ހިންގުންތެރި ރަށު ކައުންސިލަކަށް ހޮވިފައިވަނީ ބާރަށު ކައުންސިލެވެ. އަދި 1 ވަނަ އަށް އެންމެ ހިންގުންތެރި ރަށު ކައުންސިލަކަށް ހޮވިފައިވަނީ. މޮޅަދޫ ކައުންސިލެވެ.
ތިލައުތުރު ހިތްވަރު ދިނުމުގެ އެވޯޑް މި އަހަރު ހާސިލްކުރެއްވީ ހއ. މާރަންދޫ ތިބުރޯޒުގެ ޚާލިދު މުޙައްމަދެވެ
ތިލައުތުރު ޚާއްޞަ ޚިދުމަތުގެ އެވޯޑް ހާސިލްކުރެއްވީ ހއ. އިހަވަންދޫ އުޑުވިލާގެ މުޙައްމަދު އިބްރާހީމެވެ.