ތުރާކުނު

ތުރާކުނު ކައުންސިލްގެ އިދާރާގެ ކުރީގެ ފޮޓޯއެއް


ތުރާކުނަކީ ރާއްޖޭގެ އެންމެ އުތުރުގައިވާ މީހުން ދިރިއުޅޭ ރަށެކެވެ. މިރަށަކީ ރަށްއުފެދިފައިވާ ގޮތުން ވަރަށް ރީތި ދޮންފަސްގަނޑެއް ލިބިފައިވާ ދައުރުވަމުންދާ އުސްފަސްގަނޑެއް ރަށުގެ ގޮނޑުދޮށުގައި އޮންނަ ރަށެކެވެ. މިރަށަށުގައި ސަރުކާރުން ބަނދަރު ހައްދަވައި ދެއްވާފައި ވެއެވެ. ތުރާކުނަކީ 24 ގަޑިއިރު ކަރަންޓް ލިބެމުންދާ ރަށެކެވެ. ރަށުގެ އާބާދީގައި 700 މީހުން ހިމެނެއެވެ.  ތުރާކުނަކީ ރާއްޖޭގެ އެންމެ އުތުރުގައިވާ މީހުންދިއުޅޭ ރަށެވެ. މިރަށުގެ އެންމެ އުތުރުގައި ހުންނަނީ ” ބޯށި” ގަހެކެވެ. މިރަށުގެ އުތުރުގައި 12 މޭލަށް އަލި ފޮނުވައިދޭ ބައްތިއެއްވެސް ހުރެއެވެ.

ތުރާކުނުގައި ޕްރީސްކޫލަކާއި، ޕްރައިމަރީ ސްކޫލެއް ހުރެއެވެ. މި ރަށުގައި ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެއެވެ. ތުރާކުނު ރައްޔިތުންގެ ތެރެއިން ގިނަބަޔަކު މަސައްކަތް ކުރަނީ ޓޫރިޒަމް ދާއިރާގައާއި މަސްވެރިކަމުގެ ދާއިރާގައެވެ.  ތުރާކުނު ރައްޔިތުންގެ ގިނަބަޔަކު ބޯން ބޭނުންކުރަނީ އެރަށުގައި އަމިއްލަ ފަރާތަކުން ޤާއިމުކޮށް ދެއްވާފައިވާ ޕްލާންޓް ފެނެވެ. މީގެއިތުރުން ވާރޭފެންވެސް ބޭނުންކުރެއެވެ. ތުރާކުނުގެ ބޮޑުމިނަކީ 22 ހެކްޓަރެވެ. ރަށުގައި ވިޔަފާރިކުރާ 4 ތަން ހުރެއެވެ. އަދި ސިއްޙީ ޚިދުމަތް ދިނުމަށްޓަކައި ސިއްޚީ މަރުކަޒަކާއި 3 ނަރުހުންނާއި  ޑޮކްޓަރަކާއި އިދާރީ މުވައްޒަފުން ތިބެއެވެ. މިތަނުން 8 ގަޑިއިރު ޚިދުމަތް ލިބެންހުންނައިރު އެރަށުގައި އެސް.ޓީ.އޯގެ ބޭސްފިހާރައެއްވެސް ހުރެއެވެ.

މިރަށުގައި، ނަރުދަމާގެ ޚިދުމަތާއި ސާފުބޯފެނުގެ ޚިދުމަތް ޤާއުމުކޮށް ދީފައިވަނީ އަމިއްލަ ފަރާތްތަކުންނެވެ. އެރަށުގެ ކޮންމެ ގެއަކުންވެސް މިހާރު ސާފު ބޯފެން ލިބެން ހުންނާނެއެވެ.



ތުރާކުނު ކައުންސިލް އިދާރާ ފޯން: 6500035

ކައުންސިލްގެ ރައީސް ޢަލީ ޢަބްދުއްލަޠީފް

ރައީސްގެ ފޯން: 7798882

އީމެއިލް: [email protected]