ތަކަންދޫ

ތަކަންދޫ ކައުންސިލްގެ އިދާރާ


ތިލަދުންމަތީ އުތުރުބުރީ ތަކަންދުއަކީ އަތޮޅުގައި މިހާރު މީހުން ދިރިއުޅޭ ރަށްރަށުގެ ތަރުތީބަށް ބަލާއިރު 11 ވަނަ ރަށެވެ. މިރަށުގެ އާބާދީއަކީ 928 އެވެ. މިރަށުގައި 24 ގަޑިއިރު ކަރަންޓް ލިބެންހުރެއެވެ. ތަކަންދުއަކީ ތާރީޚީގޮތުން ބާލާއިރު ފާހަގަކުރެވޭ ރަށެކެވެ. އެގޮތުން އުތީމު ތިންބެއިންގެ ތެރޭގައި ހިމެނޭ ޢަލި ތަކުރުފާނު ޒިޔާރަތް ހުންނަނީ ތަކަންދޫގައެވެ

ތަކަންދޫގައި ޕްރީސްކޫލަކާއި ޕްރައިމަރީ ސްކޫލެއް ހުރެއެވެ. ޕްރައިމަރީ ސްކޫލްގައި ގްރޭޑް 10 އާހަމައަށް ކިޔަވައި ދެއެވެ. މިރަށުގައި ލަފާފުރުމަށް ބޭނުންވާ ބަނދަރު ހަދާފައިވެއެވެ. އަދި މިރަށުގައި ސިއްޚީ ޚިދުމަތް ދިނުމަށްޓަކައި ސިއްޙީ މަރުކަޒަކާއި ޑޮކްޓަރަކާއި 2 ނަރުހުން ތިބެއެވެ. ތަކަންދޫ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރުމާއި ފަރުމަސްވެރިކަން ކުރުމާއި ރިސޯޓްތަކުގައި ވަޒީފާ އަދާކުރުމެވެ. ތަކަންދޫ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ދިރިއުޅެނީ މާލޭގައެވެ.

ތަކަންދޫ ކައުންސިލްގެ އިދާރާ ފޯން: 6500034

ކައުންސިލްގެ ރައީސް ހުސައިން ނަޢީމް

ރައީސްގެ ފޯން: 9634328

އީމެއިލް: [email protected]