
މިއީ އުތީމު އަލްޚަޘީބު ޢަލީތަކުރުފާނު ދިރިއުޅުއްވި ރަށެވެ. މިއީ އެތަކުރުފާނުގެ އަނބިކަނބަލުންގެ ރަށެވެ. ޕޯޗްގީޒުންގެ މަލާބާރު ސިފައިން އެތަކުރުފާނު ޝަހީދުކޮށްލީ މިރަށުގައި އުޅުއްވަނިކޮށެވެ. ބުރިކޮށްލައިގެން މާލެގެނެވުނު އިސްތަށިފުޅު ވަޅުފުޅު ލެވިފައިވަނީ ކ. ފުނަދޫގައެވެ. މިކަން ހިނގާފައިވަނީ ހިޖުރީ ސަނަތުން 980 ވަނަ އަހަރުއެވެ. މިއީ މީލާދީ ސަނަތުން 1572 ވަނަ އަހަރެވެ
އުތީމު ޝަހީދު ޢަލިތަކުރުފާނުގެ ހަށިކޮޅު ފަސްދާނުލެވިފައިވާ ޒިޔާރަތަކީ މިޒިޔާރަތެވެ. ޒިޔާރަތުގެ ހުޅަނގުގައި ޢަލިތަކުރުފާނު އިންދެވިކަމަށް އެރަށު މުސްކުޅިންބުނާ ކާނިގަހެއް ވެއެވެ
މަހާނަ ގައުތަކެއް

މިރަށުގައި ހުންނަ ތަކަންދޫ ކުޑަމިސްކިތުގެ ހަރިންމަ ތެރޭގައި ޚާއްސަ 4 މަހާނަގައު އެބަހުއްޓެވެ. މިގައުތަކުގެ ވަށައިގެން ރާނާފައިވެއެވެ. މިއީ މައުލޫދު ހަރުގޭގައި ފޮތިދެމި މީހުންގެ މަހާނަކަމަށް ބުނެއުޅެއެވެ. މިގައުތަކުގެ ތެރޭގައި ޙާފިޒުންގެ މަހާނަގައުވެސް ހުރިކަމަށް ވެއެވެ
މަޢުލޫމާތު: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު