މާރަންދޫ

މާރަންދޫ ކައުންސިލްގެ އިދާރާ


ތިލަދުންމަތީ އުތުރުބުރީ މާރަންދުއަކީ އަތޮޅުގައި މިހާރު މީހުންދިރިއުޅޭ ރަށްރަށުގެ ތަރުތީބުން 10 ވަނަ ރަށެވެ. މިރަށުގެ އާބާދީއަކީ 1042 އެކެވެ. މިރަށުގައި ލަފާފުރުމަށް ބަނދަރު ހެދިފައިވެއެވެ. މާރަންދުއަކީ އެކުވެރި ރައްޔިތުންތަކެއް ދިރިއުޅޭ  24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ލިބެން ހުރި ރަށެކެވެ. މިރަށުގައި ސިއްޙީ ޚިދުމަތް ދިނުމަށްޓަކައި ސިއްޙީ މަރުކަޒެއް ހުރެއެވެ. އަދި ޑޮކްޓަރަކާއި 2 ނަރުހުން މަސައްކަތް ކުރެއެވެ

މާރަންދޫގައި ޕްރީސްކޫލާކާއި ޕްރައިމަރީ ސްކޫލެއް ހުރެއެވެ. ޕްރައިމަރީ ސްކޫލްގައި ގްރޭޑް 10 އާހަމައަށް ކިޔަވައި ދެއްމުން ގެންދެއެވެ. ރަށުގައި ތިބި ކިޔަވާ ކުދިންގެ އަދަދަކީ 176 އެވެ. މިރަށުގައި ވިޔަފާރިކުރާ 11 ތަން ހުރެއެވެ. މިރަށު ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ ފަރުމަސްވެރިކަމާއި ވަޑާންކުރުމާއި ރިސޯޓްތަކުގައި މަސައްކަތް ކުރުމެވެ.

މާރަންދޫ ކައުންސިލްގެ އިދާރާ ފޯން: 6500029

ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން

ރައީސްގެ ފޯން ނަމްބަރ: 9666691

އީމެއިލް: [email protected]