⛵ ލޯކަލް ރަޖިސްޓްރީ އަލަށް ހެދުން
- 1ކަނޑުގައި ދުއްވާ އުޅަނދު ރަޖިސްޓްރީކުރުމަށް އެދޭ ފޯމް MR-1
- 2މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ކޮޕީ ( ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ )
- 3ކަނޑު އުޅަނދު ސާރވޭ ލިއުން MR-2
- 4މާވަޑިމީހާ ދޭ ސެޓްފިކެޓްގެ އަޞްލު ( މިންތައް ޗެކްކުރާނީ ރަށު ކައުންސިލް )
- 5ކުރިން ރަޖިސްޓްރީ ކޮށްފައިވާ ނަމަ — ރަޖިސްޓްރީ ކެންސަލް ކުރިކަމުގެ އަސްލު
- 6ރާއްޖެއިން ބޭރުން ގެންނަ ނަމަ — ބިލްޑަ ސެޓްފިކެޓް
- 7ވިއްކިކަމުގެ އަސްލު ( ބިލް އޮފް ސޭލްސް )
- 8އިންޖީނުލީ ނަމަ — އަހަރީ ފީ ( ތާވަލާ އެއްގޮތަށް )
- 9އޮޑީ ނަމްބަރ ނެގި ފަރާތް ނޫން ފަރާތެއްގެ ނަމުގައި ނަމަ — ސިޓީ އާއި އައިޑީ ކޮޕީ
ރަޖިސްޓްރޭޝަން ފީ30.00 ރ
🔄 ވެރިފަރާތް ބަދަލުކުރުން
- 1ކަނޑުގެ ރަޖިސްޓްރޭޝަނަށް އެދޭ ފޯމް MR-1
- 2ދެ ފަރާތުގެ އައި.ޑީ ކާޑު އަސްލާއި ކޮޕީ ( ކުންފުންޏެއްނަމަ ބޯޑް ރިޒިއުޝަން + ރަޖިސްޓްރީ )
- 3ކަނޑު އުޅަނދު ސާރވޭ ލިއުން MR-2
- 4އުޅަނދުގެ ރަޖިސްޓްރީ
- 5އަހަރީ ފީ ދެއްކި ރަސީދު
- 6ސަލާމަތީ ސެޓްފިކެޓް ކޮޕީ
ރަޖިސްޓްރީ ފީ40.00 ރ
ވިއްކާލުމުގެ ހުއްދަ20.00 ރ
⚠️ މަސްވެރިކަމަށް ރަޖިސްޓްރީ ކޮށްފައިވާ ނަމަ ފިޝަރީޒް މިނިސްޓްރީން ރަޖިސްޓްރީ ކެންސަލް ކުރުމަށްފަހު އަހަރީ ފީ ދައްކަންވާނެ. ކެންސަލް ނުކުރެވޭ ނަމަ ފިޝަރީޒް މިނިސްޓްރީން އިޢުތިރާޒެއް ނެތްކަމުގެ ލިއުން ހުށަހަޅަންވާނެ.
✏️ ރަޖިސްޓްރީއަށް އުނި އިތުރެއް ގެނައުން
- 1ކަނޑުގެ ރަޖިސްޓްރީ ފޯމް MR-1 ފުރިހަމަކުރުން
- 2އައި.ޑީ ކާޑު ކޮޕީ ( ކުންފުންޏެއްނަމަ ކުންފުނީ ރަޖިސްޓްރީ )
- 3އުޅަނދުގެ ރަޖިސްޓްރީ
- 4ސަލާމަތީ ސެޓްފިކެޓް ކޮޕީ
- 5މިންތައް ބޮޑުވާ ނަމަ — މާވަޑި ސެޓްފިކެޓް ( 16 މީޓަރަށްވުރެ ދިގު ނަމަ ކުރެހުން )
- 6އަހަރީ ފީ ދެއްކި ރަސީދު
📋
ކަނޑުގެ އުޅަނދު ރަޖިސްޓަރީއަށް އެދޭ ފޯމް
←