ފިއްލަދޫ

ފިއްލަދޫ ކައުންސިލްގެ އިދާރާ


ތިލަދުންމަތީ އުތުރުބުރީ ފިއްލަދުއަކީ އަތޮޅުގައި މީހުންދިރިއުޅޭ ރަށްރަށުގެ ތަރުތީބަށް ބަލާއިރު މިހާރު 9 ވަނަ ރަށެވެ. މިރަށުގެ އާބާދީއަކީ 1125 މީހުންނެވެ. ފިއްލަދުއަކީ ލަފާފުރުމަށް ފަސޭހަ ބޮޑުފަޅެއް އޮންނަ ރަށެކެވެ. ފިއްލަދޫގައި ސަރުކާރުން ހަދާފައިވާ ބަނދަރެއް އޮވެއެވެ.  މި ރަށަކީ 24 ގަޑިއިރު ކަރަންޓް ލިބެހުންނަ ބިންބޮޑު ރަށެކެވެ.

ފިއްލަދޫގައި ޕްރީސްކޫލާކާއި ޕްރައިމަރީ ސްކޫލެއް ހުރެއެވެ. ޕްރައިމަރީސްކޫލްގައި ގްރޭޑް 10 އާ ހަމައަށް ކިޔަވައިދެއެވެ. ސިއްޙީ ޚިދުމަތް ދިނުމަށްޓަކައި ސިއްޙީ މަރުކަޒެއް ހުރެއެވެ. މިތަނުގައި ޑޮކްޓަރަކާއި 2 ނަރުހުން ތިބެއެވެ. ފިއްލަދުއަކީ އެރަށުގެ ބިން ބޭނުންކޮށްގެން ނަފާ ހޯދިދާނެ ރަށެކެވެ. ފިއްލަދޫ ރައްޔިތުން ދިރިއުޅުމަށްޓަކައި މައިގަޑުގޮތެއް ކުރާމަސައްކަތަކީ ވަޒީފާއަދާކުރުމާއި ދަނޑުވެރިކަން ކުރުމާއި ރިޒޯޓްތަކުގައި ވަޒީފާ އަދާކުރުމެވެ.

ފިއްލަދޫ ކައުންސިލްގެ އިދާރާ ފޯން: 6500023

ކައުންސިލްގެ ރައީސް މުޙައްމަދު ފަލާޙު

ރައީސްގެ ފޯން: 7796086

އީމެއިލް: [email protected]