⛵ ރެހެންދި ލާންޗު ދަތުރު ޕްރޮގްރާމް
ރެހެންދި ލާންޗު ދަތުރު ޕްރޮގްރާމްއަކީ، ހއ. އަތޮޅު ކައުންސިލްގެ 04 ވަނަ ދައުރުގެ 105 ވަނަ އާއްމު ބައްދަލުވުމުން، ރެހެންދި ލާންޗު ބޭނުންކުރުމުގެ އުޞޫލު ނަންބަރު (PP)225-ATSS/225/2023/10) 19 ޑިސެންބަރު 2023 ގައި ފާސްކުރުމާ ގުޅިގެން ވިޔަފާރި ޢުޞޫލުން ކުރިއަށް ގެންދާ ލާންޗު ދަތުރު ކުރުމުގެ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ ހއ. އަތޮޅު ރައްޔިތުންނަށް ޚަރަދު ކުޑަކޮށް އަތޮޅުތެރޭގެ އެއްރަށުން އަނެއްރަށަށް ދަތުރު ކުރެވޭނެ ގޮތް މަގުފަހިކޮށްދިނުމާއި، ވިޔަފާރީގެ ޢުޞޫލުން ކައުންސިލަށް އާމްދަނީ ލިބޭނެ މަގު ފަހިކުރުމުގެ މަޤްސަދުގައި ފެށިފައިވާ ޕްރޮގްރާމެކެވެ.
📞 ރެހެންދި ލާންޗު ހޮޓްލައިން — ދަތުރު ހަމަޖެއްސުމާއި މަޢުލޫމާތު ހޯދުން7546002
🚤 ވިޔަފާރި ދަތުރުތަކުގެ ވައްތަރުތައް
އާންމު ފަރުދުންގެ ދަތުރު
އާންމު ފަރުދުންގެ ބޭނުންތަކަށް ކުރާ ވިޔަފާރި ދަތުރުތައް
ރަސްމީ / ޖަމްޢިއްޔާ ދަތުރު
ދައުލަތުގެ މުވައްސަސާތަކާއި، ކްލަބް ޖަމްޢިއްޔާތައް އަދި ވިޔަފާރިތަކުން އެދިގެން ކުރާ ދަތުރުތައް
💡 ރެހެންދި ލޯންޗުގެ ދަތުރުގެ ޚިދުމަތަށް އެދި ހުށަހަޅާ ފޯމާއި ރެހެންދި ލާންޗު ބޭނުންކުރުމުގެ ޢުޞޫލު ތިރީގައި ހިއްސާ ކުރެވިފައި ވެއެވެ.