ފަހި އަރަނި ސްކީމް

ފަހިއަރަނި ސްކީމަކީ، ހއ. އަތޮޅު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ތަރައްޤީ ކުރުމާއި، އަތޮޅު ކައުންސިލަށް އާމްދަނީ ހޯދުމުގެ މަޤްޞަދުގައި ހުޅުވައި ލެވިފައިވާ ސްކީމެކެވެ. މި ސްކީމުގެ ދަށުން މުދާ ދޫކުރެވޭނީ ހއ. އަތޮޅަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށެވެ. މިސްކީމްގެ ތެރެއިން މުދާ ނަންގަވާ ފަރާތްތަކަށް 10% އިންޓަރރެސްޓާއެކު މުދާ ލިބިވަޑައި ގަންނަވާނެއެވެ.

މި ސްކީމުގެ ދަށުން އިންސްޓޯލް މަންޓަށް މުދާ ނެގުމަށް ބޭނުންވާ ފަރާތްތައް އިތުރުވުމާއެކު މުދާ ދޫކުރާ ޢަދަދަށް ވަނީ ބަދަލު ގެނެވިފައެވެ. މިގޮތުން 2500.00 ރުފިޔާއިން ފެށިގެން 25000.00 ރުފިޔާ އާ ދެމެދުގެ އަގުހުރި މުދާ ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

2016 ވަނައަހަރު ފެށި މިސްކީމްގެ ދަށުން ގިނަ ޢަދަދެއްގެ މުވައްޒަފުން މި ސްކީމްގައި ބައިވެރިވެ މުދާ ނަގަމުން ދެއެވެ. މީގެ ކުރިން މުދާ ދުކުރަމުން ގެންގޮސްފައިވަނީ 5000.00 ރުފިޔާއާއި 15000.00 ރުފިޔާއާ ދެމެދުގެ އަގުހުރި މުދަލެވެ.

ފަހި އަރަނި ދޫކުރުމާބެހޭ އުސޫލް ވެބްސައިޓްގެ ޑައުންލޯޑް ބައިގެ އުސޫލްތަކުން ލިބިވަޑައި ގަންނަވާނެއެވެ.


ފަހިއަރަނި ސްކީމަށް އެދޭ ފޯމް

ފަހިއަރަނި ސްކީމުގައި ބައިވެރިވާ ފަރާތަށް ދޫކުރާ ލިއުން

ފަހިއަރަނި ސްކީމާބެހޭ އުސޫލް

ފަހި އަރަނީގެ މުދާ ލިބުނުކަން އަންގާ ލިއުން