ފަހިއަރަނި ސްކީމަކީ، ހއ. އަތޮޅު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ތަރައްޤީ ކުރުމަށާއި، އަތޮޅު ކައުންސިލަށް އާމްދަނީ ހޯދުމުގެ މަޤްޞަދުގައި ހުޅުވައި ލެވިފައިވާ ސްކީމެކެވެ. މި ސްކީމުގެ ދަށުން މުދާ ދޫކުރެވޭނީ ހއ. އަތޮޅުގައި ހުންނަ ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުން ގެންދާ މުވައްޒަފުންނަށެވެ. މިސްކީމްގެ ތެރެއިން މުދާ ނަންގަވާ ފަރާތްތަކަށް %10 އަދި %15 ފައިދާ ހިމަނައިގެން މުދާ ނެގި ދާނެއެވެ. މިގޮތުން %10 ފައިދާ ހިމަނައިގެން 12 މަސް ދުވަހުގެ ތެރޭގައި އަގުދައްކާ ނިންމި ދާނެއެވެ. އަދި %15 ފައިދާ ހިމަނައިގެން 18 މަސް ދުވަހުގެ ތެރޭގައި އަގު ދައްކާ ނިންމި ދާނެއެވެ.
މި ސްކީމުގެ ދަށުން އިންސްޓޯލް މަންޓަށް މުދާ ނެގުމަށް ބޭނުންވާ ފަރާތްތައް އިތުރުވުމާއެކު މުދާ ދޫކުރާ ޢަދަދަށް ވަނީ ބަދަލު ގެނެވިފައެވެ. މިގޮތުން 2500.00 ރުފިޔާއިން ފެށިގެން 50,000.00 ރުފިޔާ އާ ދެމެދުގެ އަގުހުރި މުދާ ދޫކުރުމަށް ހަމަޖެހިފައި ވެއެވެ.
2016 ވަނައަހަރު ފެށި މިސްކީމްގެ ދަށުން ގިނަ ޢަދަދެއްގެ މުވައްޒަފުން މި ސްކީމްގައި ބައިވެރިވެ މުދާ ނަގަމުން ދެއެވެ. މީގެ ކުރިން މުދާ ދުކުރަމުން ގެންގޮސްފައިވަނީ 5000.00 ރުފިޔާއާއި 15000.00 ރުފިޔާއާ ދެމެދުގެ އަގުހުރި މުދަލެވެ. މި ސްކީމުން މުދާ ދޫކުރެވޭނެ ތަފާތު މިންގަނޑުތައް ސްކީމަށް އެދޭ ފޯމުން ސާފުވެ ވަޑައިގަންނަވާނެއެވެ.
ފަހިއަރަނި ސްކީމުގައި ބައިވެރިވާ ފަރާތަށް ދޫކުރާ ލިއުން
ފަހިއަރަނި ސްކީމާބެހޭ އުސޫލް