ސައިބަރ ސެކިއުރިޓީ އެވެއަރނެސް ޕްރޮގްރާމް ނިމިއްޖެ
ހއ. އަތޮޅު ކައުންސިލްގެ މުވައްޒަފުން ޓެކްނޮލޮޖީއަށް އަހުލުވެރި ކުރުމުގެ ގޮތުން ސައިބަރ ސެކިއުރިޓީއާ އެވެއަރނެސް ޕްރޮގްރާމެއް ހިންގައިފިއެވެ. މި ސެޕްޓެންބަރުމަހުގެ 19-20 އަށް ބޭއްވި މި ޕްރޮގްރާމްގެ މަޤްޞަދަކީ އޮފީހުގެ މާހައުލުގައި މަސައްކަތް ކުރާއިރު ސައިބަރ ކްރައިމްތަކުން ރައްކާތެރިވާނެ ގޮތްތައް އެނގި އެގޮތަށް މަސައްކަތް ބައްޓަން ކުރުމެވެ.
ހއ. އަތޮޅު ސްޓޭޓްހައުސް ކޮންފަރެންސް ހޯލްގައި މިއަދު ހެނދު 10:15 ގައި ބޭއްވުނު މި ރަސްމިއްޔާތުގައި ޕްރޮގްރާމްގައި ބައިވެރިންނަށް ހަނދާނީ ލިޔުން ޙަވާލުކުރުން އޮތެވެ. މި ޕްރޮގްރާމްގައި އަތޮޅު ކައުންސިލްގެ 26 މުވައްޒަފުން ބައިވެރިވެފައިވެއެވެ. ސައިބަރ ސެކިއުރިޓީއާ ގުޅޭ މަޢުލޫމާތު ދެއްވީ އަލްފާޟިލް މުޙައްމަދު ޝަރީފެވެ.