ތިލައުތުރު ފުޓްސަލް މުބާރާތް ފެށެނީ

މި އަހަރުގެ ނަޞްރުގެ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ތިލައުތުރު ފުޓްސަލް މުބާރާތް 2025 ނޮވެންބަރު 03 ވަނަ ދުވަހު ވަނީ ފެށުމަށް ހަމަޖެހިފައެވެ. މި އަހަރުގެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ހއ. އުތީމުގައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވައިލެވިފައިވަނީ ކޮންމެރަށަކުންވެސް 1 ޓީމަކަށެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 2025 އޮގަސްޓު 21 ވާ ބުރާސްފަތިދުވަހުގެ 12:00 އެވެ. އަދި ކުޅުންތެރިންގެ ލިސްޓު 2025 އޮކްޓޫބަރު 26 ވަނަ ދުވަހުގެ 12:00ގެ ކުރިން ހުށައެޅުމަށްވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ ޗެންޕިއަން ޓީމަށް 35000.00 (ތިރީސްފަސް ހާސް) ރުފިޔާގެ ފައިސާގެ އިނާމާއި، ވާދާއިގެ ތަށްޓާއި، ރަން މެޑެއްޔާއި، ހަނދާނީ ލިޔުމެއް ވަނީ ދިނުމަށް ހަމަޖެހިފައެވެ. މުބާރާތުގެ ރަނަރަޕް ޓީމަށް 15000.00 (ފަނަރަހާސް) ރުފިޔާގެ ފައިސާގެ އިނާމާއި، ރިހި މެޑެއްޔާއި، ހަނދާނީ ލިޔުން ދިނުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަށް 10000.00 (ދިހަހާސް) ރުފިޔާ ގެ ފައިސާގެ އިނާމާއި، ހަނދާނީ ލިޔުމެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވެސް މި މުބާރާތުގައި ވަކިކެޓަގަރީތަކުން

މި މުބާރާތަކީ ހއ. އަތޮޅުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާ އެއްބައިވަންތަކަން ދަމަހައްޓައި އާލާކޮށް، އިޖްތިމާޢީ ގުޅުން ބަދަހިކުރުމާ، ކުޅިވަރުގެ ރޫޙު އާލާކޮށް ދެމެހެއްޓުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ. މިއީ ހއ. އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 92 ވަނަ ޢާންމު ބައްދަލުވުމުން ފާސްކޮށްފައިވާ ގޮތުގެމަތިން ހއ. އަތޮޅުގެ ރައްޔިތުންގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރެއިން ޒުވާނުންނަށް އަމާޒުކޮށްގެން ގެންދާ ޙަރަކާތެކެވެ.