އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރި ކުރުމުގެ ތަމްރީން ޕްރޮގްރާމް ފެށިއްޖެ

ރަށްފުށުގެ އިޤްތިޞާދީ ޙަރަކާތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ވިޔަފާރިކުރުމާ ގުޅުންހުރި މަޢުލޫމާތާއި ހުނަރު ދަސްކޮށްދިނުމުގެ މަޤްޞަދުގައި މި އަތޮޅުގެ ރަށު ކައުންސިލްތަކުގެ އަންހެން މެންބަރުންނަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ އިތުރުން ވިޔަފާރީގެ ދާއިރާއަށް ޝައުޤުވެރިވާ ކަނބަލުންނަށް ޚާއްޞަކޮށްގެން ” އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރި ކުރުމުގެ ތަމްރީނު” ނަމުގައި ތަމްރީން ޕްރޮގްރާމެއް މިއަދު މި ކައުންސިލްގެ ސްޓޭޓްހައުސް ކޮންފަރެންސް ހޯލްގައި ފެށިއްޖެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އާއި ޔޫ.އެން.ޑީ.ޕީ އާއި، އަދި މިކައުންސިލް ގުޅިގެންނެވެ. މި ތަމްރީނު ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދެވެ.

މި ތަމްރީނު ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވާނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް ގެ ސްޓޭޓް މިނިސްޓަރ އަހްމަދު ރަޝީދާއި ޔޫ.އެން.ޑީޕީގެ ޕްރޮގްރާމް އޮފިސަރ މުޙައްމަދު ނަބީހް އާސިމާއި އެލް.ޖީއޭގެ އެޑްވަކޭޓަރ ޝިފާ ޢަލީ މުރުތަޟާ އަދި އެލް.ޖީއޭގެ ސީނިއަރ ޕްލޭނިންގ އޮފިސަރ އިބްރާހިމް ޝަރަފް ތައުފީޤެވެ.
މި ތަމްރީން ކުރިއަށް ދާނީ މި ފެބުރުވަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށެވެ.