14 ރަށު ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް ނިމިއްޖެ

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން، މި އަތޮޅުގެ 14 ރަށު ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް ނިމިއްޖެއެވެ. ރަށު ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ފެށިފައިވަނީ މި އަހަރުގެ މޭ މަހުގައެވެ. އަދި މޮނިޓަރިންގެ މަސައްކަތް ނިންމާލެވިފައިވަނީ އޮކްޓޫބަރުމަހު 16 ވަނަ ދުވަހުއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (2010/7)ގެ 8 ވަނަ މާއްދާގެ (ނ) އަދި (ޒ) ގައިވާ ގޮތުގެމަތިން ރަށު ކައުންސިލްތަކުގެ މަސައްކަތްތަކާއި، ޙަރަކާތްތައް ހިނގަމުންދަނީ ޤާނޫނުތަކާ އެއްގޮތަށްތޯ ބަލައި މޮނިޓަރކުރުމަކީ، ލާމަރުކަޒީ ޤާނޫނުން އަތޮޅު ކައުންސިލަށް މަތިކޮށްފައިވާ ކަމަކަށްވާތީ، 4 ވަނަ ދައުރުގެ ކައުންސިލުން ނިންމާފައިވަނީ މި އަހަރު މި އަތޮޅުގެ ހުރިހާ ރަށު ކައުންސިލްތަކެއް މޮނިޓަރ ކުރުމަށެވެ.
އަތޮޅު ކައުންސިލުން މި އަހަރު ކުރިޔަށް ގެންދެވުނު މޮނިޓަރިންގ މަސައްކަތުގައި ރަށުކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ބައިވެރިކޮށްފައިވެއެވެ.