އެންމެ މަޤުބޫލް މަންޒިލަކަށް ހއ. ކެލާ ހޮވިއްޖެ

ދިވެހިރާއްޖޭގެ އަޑުން ކުރިއަށް ގެންދިޔަ އެހުން ތެރިންގެ އެންމެ މަޤުބޫލް މަންޒިލަކަށް ހއ. ކެލާ ހޮވިއްޖެއެވެ.

މި އަހަރުގެ ޖަނަވަރީ 11 ން އޭޕްރީލް 5 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ މި ޕްރޮގްރާމްގައި ކެލައާއެކު ދިހަ ރަށެއް ވާދަކުރިކަމަށް ކެލާ ކައުންސިލްގެ ރައީސް ޢަބްދުﷲ އިންފާޒް ވިދާޅުވިއެވެ.

އެންމެ މަޤުބޫލް މަންޒިލަކަށް ކެލާ ހޮވުމާ ގުޅިގެން ދިވެހިރާއްޖޭގެ އަޑުންވަނީ ކެލާ ކައުންސިލަށް މިކަމުގެ ހަނދާނީ ފިލާ ދެއްވާފައެވެ. ފިލައާ ޙަވާލުވެ ލެއްވީ ކެލާ ކައުންސިލްގެ ރައީސް ޢަބްދުﷲ އިންފާޒެވެ.