ޤައުމީ ޔުނިވަރސިޓީން ހއ. ގެ އަށް ރަށަކަށް ޚާއްސަ ސްކޮލަރޝިޕް ގެ ފުރުޞަތު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން، ޤައުމު ބިނާކުރުމަށް ދެވޭ ޚާއްޞަ ސްކޮލަރޝިޕް މިއަތޮޅުގެ 8 ރަށަކަށް ލިބޭގޮތަށް ހަމަޖެހިއްޖެއެވެ. އެ ޔުނިވަރސިޓީން މަޢުލޫމާތު ދެއްވި ގޮތުގައި މިއަހަރުގެ 2 ވަނަ ޓާރމަށް ކަނޑައެޅިފައިވާ ފަށާ ތަޢުލީމުގެ މުދައްރިސްކަމާއި، މެރިޓައިމް ދާއިރާތަކަށް ޚާއްސަކޮށްގެން ހިންގާ ސްކޮލަރޝިޕަށް ކުރިމަތި ލުމުގެ ފުރުސަތު އޮންލައިންކޮށް މިހާރުވަނީ ހުޅުވާ ލެވިފައެވެ.

މި ސްކޮލަރޝިޕްގެ ދަށުން ބެޗްލަރ އޮފް ޕްރައިމަރީ އެޑިޔުކޝަންގެ ދާއިރާއިން 30 ޖާގަ އަދި ނޯޓިކަލް ސްޓަރޑީޒް / ސެޓްފިކެޓް 3 އިން މެރިޓައިމް އޮޕަރޭޝަންސް ގެ ދާއިރާއިން 06 ޖަގާ ރާއްޖޭގެ 60 ރަށަކަށް ހުޅުވާލާފައި ވެއެވެ.

މި އަތޮޅުން ސްކޮލަރޝިޕްގައި ބައިވެރި ވުމުގެ ފުރުސަތު ލިބިފައިވަނީ

ހއ. ތަކަންދޫ މަދްރަސްތުއް ޝަހީދު ޢަލިތަކުރުފާނު
ހއ. ފިއްލަދޫ ސްކޫލް
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ހއ. މާރަންދޫ ސްކޫލް
ހއ. މޮޅަދޫ ސްކޫލް
ހއ. މުރައިދޫ ސްކޫލް
ހއ. ތުރާކުނު ސްކޫލް
ހއ. އުލިގަމު ސްކޫލް

މި ސްކޮލަރޝިޕްގެ މައިގަނޑު މަޤްސަދަކީ މިވަގުތަށް ޤައުމަށް ބޭނުންވާ ކޯސްތަކަށް އިޢުލާންކުރުމުން އެދާއިރާތަކަށް ދަރިވަރުން ނުލިބޭ ޚާއްސަ ދާއިރާތަކުން މީހުން ބިނާކުރުންކަމަށް ގައުމީ ޔުނިވަރސިޓީން މަޢުލޫމަތު ދެއްވައެވެ. މި ސްކޮލަރޝިޕާބެހޭ އިތުރު މަޢުލޫމާތު އަދި ކޯހުގެ ފީ އާއިބެހޭ މަޢުލޫމާތުވެސް ރަށްރަށުގެ ސްކޫލްތަކުން ލިބިވަޑައި ގަންނަވާނެއެވެ.

މި ސްކޮލަރޝިޕަށް ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ 09 ސެޕްޓެންބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށެވެ.