ބާރަށުން އިތުރު ދެމީހަކު ކޮވިޑަށް ޕޮޒިޓް ވެއްޖެ

ހއ. ބާރަށުން ކޮވިޑް-19 އަށް 2 މީހަކު ޕޮޒިޓިވްވެ އެރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 33 އަށް އަރައިފިއެވެ.

މި ދެމީހުން ޕޮޒިޓިވްކަން އެނގުނީ ބަލީގެ އަލާމާތްތައް ހުރިކަމަށް ޝައްކުވެގެން ނެގުނު 4 ސާންޕަލްގެ ތެރެއިން 2 ސާންޕަލެއް ޕޮޒިޓިވް ވެގެންނެވެ. މިމީހުން ޕޮޒިޓިވްވީ މިއަދުއެވެ.

ބާރަށުން އެންމެފުރަތަމަ މިބައްޔަށް 9 މީހަކު ޕޮޒިޓިވީ ހޯމް ކަރަންޓީނުގައި ތިބުމަށްފަހު ނެގުނު ރިލީސް ސާންޕަލްތައް ޕޮޒިޓިވްވުމާ އެކުގައެވެ. އޭގެފަހުން މިމީހުންނާ ކޮންޓެކްޓްވި މީހުންގެ ސާންޕަލްތަކުން އިތުރުބަޔަކު މި ބައްޔަށް ހުށަހެޅިގެން ދިޔައީއެވެ.

ހޯމްކަރަންޓީނުގައި ތިބެންޖެހޭ އުސޫލާ ޚިލާފަށް ޢަމަލުތައް ބަހައްޓައިފިނަމަ ބަލި ފެތުރިގެން ހިނގައިދާނެކަން މި ހާދިސާއިން ފެނިގެން ހިނގައްޖެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މި ބައްޔަށް ސަމާލުކަން ދީގެން އުސޫލުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުން އެއީ މިދުވަސްވަރު ވަރަށް މުހިންމު ކަމެކެވެ.