ކެލާ ސްޕަރލީގް 2019 ފުޓްބޯޅަ މުބާރާތް ފެށިއްޖެ

ކެލާ ސްޕަރލީގު 2019 ފުޓްބޯޅަ މުބާރާތް ފެށިއްޖެއެވެ. ހއ. ކެލާ ކައުންސިލުން އިންތިޒާމްކޮށްގެން ހިންގަވާ މި ބުރާތް ފެށުމުގެ ގޮތުން އިއްޔެ ކެލާ ބޯޅަދަނޑުގައި ކުޅެވުނު ފުރަތަމަ މެޗް ޝަރަފުވެރި ކޮށްދެއްވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިނެވެ.

މި މުބާރާތަކީ ކެލާގައި ހުންނަ ސަރުކާރުގެ އިދާރާތަކާއި ކެލާގައި ވިޔަފާރި ހިންގާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގަވާ މުބާރާތެކެވެ. މި މުބާރާތުގައި ހަތަރު ޓީމެއް ބައިވެރި ވެފައި ވެއެވެ. އެއީ ފެނަކަ ކެލާ ބްރާންޗް، ކެލާ ލިލީ ޕްރީސްކޫލް، އަތިރި އިން ކެލާ، ކެލާ ވޯޓަރ ސްޕޯޓްސްއެވެ. މުބާރާތުގެ ފުތަރަމަ މެޗްގައި ބައްދަލުކުރީ ކެލާ ފެނަކަ ބްރާންޗުގެ ޓީމަކާއި އަތިރި އިން ކެލާ ޓީމެވެ. 2- 0 ލަނޑުން މެޗް ކާމިޔާބުކުރީ ކެލާ ފެނަކަ ޓީމެވެ.

އަތިރި އިންއަކީ ކެލާގައި ދާދިފަހުން ހުޅުވި ގެސްޓްހައުސްއެކެވެ. މި އަދު ކުޅެން ހަމަޖެހިފައިވަނީ ކެލާ ވޯޓަރ ސްޕޯޓްސް ޓީމާއި، ކެލާ ލިލީ ޕްރީސްކޫލްގެ ޓީމެވެ. މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 3:50 ގައެވެ.