ބާރަށު ކައުންސިލްގެ އިދާރާ
ތިލަދުންމަތީ އުތުރުބުރީ ބާރަށަކީ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތަރުތީބަށް ބާލާއިރު މިހާރު 14ވަނަ ރަށެވެ. މިރަށުގެ އާބާދީއަކީ 2077 މީހުންނެވެ. މިރަށަކީ ލަފާފުރުމަށް ވަރަށްފަސޭހަ ދެމޫސުމަށްވެސް ފަޅުތެރެ ގަދަނުވާ ބޮޑުފަޅެއް އޮންނަ ރަށެކެވެ. މިރަށުގައި ލަފާރުމަށްޓަކައި މިހާރުވަނީ ވަރަށް ފުރިހަމަ ޖެޓީތަކެއް ހަދާފައެވެ
ބާރަށަކީ ރާއްޖޭގައި ހިމެނޭ އެންމެ ބިންބޮޑެތި ރަށްރަށުގެ ތެރޭގައި ހިމެނޭ ބިމުގެ ތަނަވަސްކަން ލިބިފައިވާ 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ލިބެންހުރި ރަށެކެވެ. މިރަށުގައި ޕްރީސްކޫލަކާއި ޕްރައިމަރީ ސްކޫލެެއް ހުރެއެވެ. ޕްރައިމަރީ ސްކޫލްގައި ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެއެވެ. މިރަށުގައި ސިއްޙީ ޚިދުމަތް ދިނުމަށްޓަކައި ސިއްޙީ މަރުކަޒެއް ހުރެއެވެ. އެތަނުގައި ޑޮކްޓަރަކާއި 3 ނަރުހުން ތިބެއެވެ
ބާރަށަކީ ތާރީޚީގޮތުންވެސް ފާހަގަކޮށްލެވޭ ހަނދާންތަކެެއް ފެންނަންހުރި ރަށެކެވެ. އެގޮތުން ބޮޑުތަކުރުފާނު ކަނޑުމަތީގައި ދަތުރުކުރެއްވުމަށް ބޭނުންކުރެއްވި ކަޅުއޮށްފުންމި ބަނުމަށްޓަކައި ދެލިއުނބަށް ފެންޖެހިކަމަށް ބުނާ ވަޅުފަދަ އާސާރީ މިސްކިތަކާއި ތަންތަން ހުރިރަށެކެވެ. އަދި މީގެއިތުރުން ކަނބާއައިޝާގެ މަހާނަ އޮތީވެސް ބާރަށުގައެވެ.
ބާރަށު ކައުންސިލްގެ އިދާރާ ފޯން: 6500016
ކައުންސިލްގެ ރައީސް ޞަފްވަތު މުޙައްމަދު
ރައީސްގެ ފޯން: 9938073
އީމެއިލް: [email protected]