ހއ. އަތޮޅު ހޮސްޕިޓަލުން އައިސީޔޫގެ ޚިދުމަތް ދޭން ފަށައިފި

ހއ. އަތޮޅު ހޮސްޕިޓަލްގައި އައި.ސީ.ޔޫގެ ޚިދުމަތް ދޭން ފަށައިފިއެވެ. އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު ފެށުނު މި ޚިދުމަތުގެ ސަބަބުން އައި.ސީ.ޔޫގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ބަލިމީހުންނަށް އެ ހޮސްޕިޓަލުން މިހާރު ފަރުވާ ލިބެމުން ދާނެއެވެ.

މިހާތަނާ ޖެހެންދެން އައި.ސީ.ޔޫގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ބަލިމީހުން ގެންދަންޖެހެނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. މި ޚިދުމަތުގެ ސަބަބުން އައި.ސީ.ޔޫގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ބަލިމީހުން ރަށުން ބޭރަށް ގެންދިއުން ނިމުމަކަށް އައީއެވެ.

އައިސީޔޫގައި ބާއްވައިގެން ފަރުވާ ދޭންޖެހޭ ބަލިމީހުން ބެލެހެއްޓުމުގެ ތަމްރީންވަނީ އެ ހޮސްޕިޓަލްގެ ނަރުހުންނަށް މީގެކުރިން ދީނިމިފައެވެ. އެހެންކަމުން މިއީ އަތޮޅު ހޮސްޕިޓަލްގެ ތާޜީޚްގައި އެޅިގެންދިޔަ އިތުރު ފިޔަވަޅެކެވެ.