ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމުދިނުން
ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލުން ދެއްވަމުން އަންނަ ތިލައުތުރު އުއްތަމަ އަރުތަވެރިންނަށް އެވޯޑް ދިނުމުގެ ރަސްމިއްޔާތު 27 ނޮވެމްބަރ 2016 ވަނަ ދުވަހުގެރޭ ހއ. ދިއްދޫގައި ބާއްވައިފިއެވެ. ކީރިތި ޤުރުއާންގެ ބަރާކާތުން ފެށުނު ކުލަގަދަ މި ރަސްމިއްޔާތުގައި ޖުމްލަ 54 ފަރާތަކަށް އެކިއެކި ރޮނގޮތަކުން އިނާމު ލިބިވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރ އަދި ވިލާ ފައުންޑޭޝަންގެ ޗެއަރމަން އޮނަރަބްލް ޤާސިމް އިބްރާހީމެވެ.
މިރަސްމިއްޔާތުގައި އިނާމް ދެވުނު ކެޓަގަރީގެ
ތެރޭގައި ހއ. އަތޮޅު ޤުރުއާން މުބާރާތުން 2015 ވަނައަހަރު ހޮވުނު އެންމެ މޮޅު 15
ދަރިވަރަކާއި ސާނަވީ އިމްތިހާނުން ހޮވުނު 12 ދަރިވަރަކާއި، މާތީ ސާނަވީބައިން ހޮވުނު 6 ދަރިވަރަކާއި، އަދި
ސާނަވީބައިން މުޅިރާއްޖެއިން 1 ވަނަ ހޯދާފައިވާ 3 ދަރިވަރަކާއި، މިބައިން
މުޅިދުނިޔެއިން 1 ވަނަ ހޯދާފައިވާ 2 ދަރިވަރަކާއި ޑިގްރީ ފެށިގެން މަތީ ދަރަޖައިގެ
އެވޯޑް ލިބިލައްވާ 3 ބޭކަނބަލަކާއި، އެންމެ ހިންގުންތެރި 3 ކައުންސިލަކަށާއި،
އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ ދާއިރާއިން 3 ފަރާތަކަށާއި، އަދި
ޝަރަފުވެރިކަމުގެ ދާއިރާއިން 1 ފަރާތަކަށް
އިނާމު ލިބިގެން ދިޔައެވެ.
ހއ. އަތޮޅު ޤުރުއާން މުބާރާތް 2015 ން ހޮވުނު
އެންމެމޮޅު 15 ދަރިވަރުންނަކީ
ޢާއިޝަތު ޝަރުފާ ރަސްކަރަ ހއ. ހޯރަފުށި
ޝާނިހާ ޝަރީފް އިސްދޫ ހއ. ދިއްދޫ
މަރިޔަމްއަފާފް މުޙައްމަދު ގްރީންވޯލްޑް ހއ. ހޯރަފުށި
ބައްސާމާ ސުލައިމާން ފުނަކުރި ހއ. ދިއްދޫ
ސަޖުވާ ޢަބްދުލްމަތީން މާސް ހއ. ހޯރަފުށި
ޙައްވާ މިޒްދާ މީނާޒް ހއ. ބާރަށް
ޒުމްރާ އަޙުމަދު ސާވަން ހއ. ދިއްދޫ
ނުޒުލާ އިސްމާއީލް ރަޝީދު ފެހިއާރު ހއ. ދިއްދޫ
ޝަފްޢާ ސިޔާދު ޢަބްދުލްވާޙިދު ކަނީރުމާގެ ހއ. ހޯރަފުށި
އައުލާ އަޙުމަދު ޝާކިރު ސަންސައިން ހއ. ދިއްދޫ
ފާތުމަތުޝައިޚާ ޢަލީ ފެންފިނިގެ ހއ. ހޯރަފުށި
ސާޖިދު މުޙައްމަދު އިޤްބާލު ރާމަﷲ ހއ. ހޯރަފުށި
އިސްމާޢީލް މަޙުފޫޒް ފެންފިޔާޒްގެ ހއ. ކެލާ
ޢަބްދުﷲ އައިމަން ރަންފަސް ހއ. ކެލާ
ޢާއިޝަތުޝައުރާ މުޙައްމަދު ސެހެނާވިލާ ހއ. ދިއްދޫ
ސާނަވީ އިމްތިހާނުން އެކެއް، ދޭއް، ތިނަކަށް ހޮވުނު 12 ކުދިންނަކީ
އާމިނަތުނަދާ ހުދުފިނިފެންމާގެ ހއ. ފިއްލަދޫ 3 ވަނަ
ރައުލާޢާލީ ދަނބުގެ ހއ. އިހަވަންދޫ 3 ވަނަ
މުޙައްމަދު ވިޝާލް ފުރުންމާގެ ހއ. ކެލާ 2 ވަނަ
މަރިޔަމް ޢަބްދުލްވާޙިދު ރަތްވިލާގެ ހއ. ތަކަންދޫ 2 ވަނަ
މުޙައްމަދު އިޔާދު ޢަލީ ރަނިކަ ހއ. ހޯރަފުށި 2 ވަނަ
އާމިނަތު ޝައިޚާ މުނިޔާގެ ހއ. ފިއްލަދޫ 2 ވަނަ
އާމިނަތު މާޝާ ޢަބްދުﷲ ރަޝީދު ނޫރުމަންޒިލް ހއ. އުލިގަން 2 ވަނަ
ނަޝްވާ މުޙައްމަދު ޝަރީފް ގްރީންވިލާ ހއ. ތަކަންދޫ 1 ވަނަ
މާހާ މުޙައްމަދު ކަސްތޫރިގެ ހއ. މާރަންދޫ 1 ވަނަ
ޢައްސާނު ޢަބްދުލްވައްހާބު ސިންދުބާދު ހއ. ބާރަށް 1 ވަނަ
އާލިފް އިބްރާހީމް ރަޝީދު ވެވުދަށުގެ ހއ. ދިއްދޫ 1 ވަނަ
އަޙުމަދުޝަމީޙު ރަބީޢުމަންޒިލް ހއ. މޮޅަދޫ 1 ވަނަ
މަތީސާނަވީ ބައިން އެކެއް، ދޭއް، ތިނަކަށް ހޮވުނު 6 ދަރިވަރުންނަކީ
އައިމަން ޢަލީ އާވެހި ހއ. ހޯރަފުށި 1 ވަނަ
ޢާއިޝަތު ހުދުނާ ޒަމާނީގެ ހއ. ދިއްދޫ 1 ވަނަ
ޢަލީއަކުރަމް އޮޅުހަލި ހއ، ކެލާ 1 ވަނަ
މުޙައްމަދު އަނަސް ޗަނބޭލީގެ ހއ. ކެލާ 1 ވަނަ
މުޙައްމަދު ސައްފާން ފަސްކަނި ހއ. ކެލާ 1 ވަނަ
ޙަލީމަތު ރަޝީދާ ލަކްސަމީ ހއ. އިހަވަންދޫ 1 ވަނަ
ސާނަވީ ބައިން މުޅިރާއްޖެއިން 1 ވަނަ ހޯދާފައިވަނީ
މޫސާ ޒަޚުވާން ނިއުލައިފް ހއ. ކެލާ ( އެސް.އެސް.ސީ އިމްތިހާނުގެ ދިވެހިން )
މަތީ ސާނަވީ ބައިން މުޅި ރާއްޖެއިން 1 ވަނަ ހޯދާފައިވާ ދަރިވަރުން.
އައިމަން ޢަލީ އާވެހި ހއ. ހޯރަފުށި ( އެކައުންޓް )
ޙުސައިން ޒިޔާދު ގުމުރީގެ ހއ. ދިއްދޫ ( އެކައުންޓް )
މަތީސާނަވީ ބައިން މުޅި ދުނިޔޭން 1 ވަނަ ހޯދާފައިވާ ދަރިވަރުން
އައިމަން ޢަލީ އާވެހި ހއ. ހޯރަފުށި އެކައުންޓް
ޙުސައިން ޒިޔާދު ގުމްރީގެ ހއ. ދިއްދޫ އެކައުންޓް
ޑިގްރީ ފެށިގެން މަތީދަރަޖައިގެ އެވޯޑް ލިބިވަޑައިގެންފައިވަނީ 3 ބޭކަނބަލަކަށެވެ.
ޑރ. މަރިޔަމް ޝަހުނީޒާ ނަޞީރު ތިލަދޫ ހއ. ދިއްދޫ
ޝަކީލާ ޙާމިދު ބިޖިލީގެ ހއ. ކެލާ
އަލްޙާފިޒާ ބައްސާމާ ސުލައިމާން ފުނަކުރި ހއ. ދިއްދޫ
ޢާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އެވޯޑް ޙާސިލްކުރައްވާފައިވާ 3 ފަރާތް
ޑރ.މަރިޔަމް ޝަހުނީޒާ ނަޞީރު ތިލަދޫ ހއ. ދިއްދޫ ތަޢުލީމީ ދާއިރާއިން ޚިދުމަތްކުރައްވައިގެން
ޢަބްދުއް ލަތީފު މުޙައްމަދު ފުނަމާގެ ހއ. ދިއްދޫ ކުޅިވަރަށް ޚިދުމަތް ކުރައްވައިގެން
ކެލާޔޫތު ފޯރަމް ޖަމާޢަތަށް ޚިދުމަތް ކުރައްވައިގެން
އެންމެހިންގުންތެރި ކައުންސިލްތަކަށް ދެވޭ އެވޯޑް މިއަހަރު ޙާސިލްކުރައްވާފައިވަނީ
ބާރަށު ކައުންސިލްގެ އިދާރާ ( ތިންވަނަ )
ހޯރަފުށީ ކައުންސިލްގެ އިދާރާ ( ދެވަނަ )
ކެލާ ކައުންސިލްގެ އިދާރާ ( އެއްވަނަ )
މިއަހަރު ދެވޭ ޝަރަފުވެރިކަމުގެ އެވޯޑް ޙާސިލް ކުރައްވާފައިވަނީތަޢުލީމީ ދާއިރާއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިގެން ހއ. ކެލާ ބިޖިލީގޭ އަލްފާޟިލާ ޝަކީލާ ޙާމިދެވެ.
އެވޯޑް ލިބިވަޑައިގެންނެވި ފަރާތްތަކަށް އިނާމާއި ހަނދާނީ ފިލައާއި ސެޓްފިކެޓްތައް ބައްސަވައި ދެއްވީ ޖަލްސާގެ ޝަރަފުވެރި މެހުމާން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަދި ވިލާ ފައުންޑޭޝަންގެ ޗެއަމަން އޮނަރަބްލް ޤާސިމް އިބްރާހީމާއި، އަތޮޅު ކައުންސިލްގެ މެމްބަރުންނާއި، ޝަރަފުވެރިކަމުގެ ޤައުމީ ޢިނާމު ޙާސިލްކުރައްވާފައިވާ އަލްފާޟިލް އާދަމް ޢަބްދުއްރާނާއި ހދ. އަތޮޅު ކައުންސިލްގެ ރައީސް އަލްއުސްތާޒް އަޙުމަދު އިބްރާހީމެވެ.
މިޖަލްސާގައި ޝަރަފްވެރި މެހްމާން ދެއްކެވި ވާހަކަފުޅުގައި ޚިދުމަތްތެރިންގެ ޚިދުމަތުގެ އަގުވަޒަންކުރުމަކީ ކުރަންޖެހޭނެ ކަމެއްކަމަށާއި މިގޮތުން ހއ. އަތޮޅުން މިފަދަ ޙަފުލާއެއް ބާއްވާ މިއީ 2 ވަނަފަހަރުކަން އެނގިވަޑައިގަތުމުން އެކަމާ އުފާކުރައްވާކަމަށާއި އަދި މިއަތޮޅު ނޫނަސް ހދ. އަތޮޅާއި ށ. އަތޮޅުގައިވެސް ޚިދުމަތްތެރިންގެ ޚިދުމަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން އެވޯޑް ދެއްވާކަން އެނގިވަޑައިގެންފައި ވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގެ އެހެން އަތޮޅުތަކުންވެސް މި އަތޮޅުތައް ނަމޫނާއަކަށް ބައްލަވައިގެން މިފަދަ ހަފުލާތައް ބޭއްވުމަށް އެދި ވަޑައިގެންނެވިއެވެ.
މި ޖަލްސާގައި އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ރަޝީދު ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ކައުންސިލްތަކަކީ މާލީގޮތުން މާބޮޑު ތަނަވަސްކަން ހުރި ބައެއް ނޫންކަމަށާއި ދައުލަތުން ކައުންސިލްތަކަށް ދެއްވާ ބަޖެޓުން ކުރެވެނީ މުވައްޒަފުންނަށް މުސާރަ ދިނުމާއި އިދާރީ ބައެއް ކުދިކުދި ޚަރަދުތައް ކަމަށެވެ. ގިނަފަހަރަށް، ލިބޭ އެއްޗަކުން ކަރަންޓް ބިލާ ފޯން ބިލްވެސް އަދާނުކުރެވޭކަމަށެވެ. ލާމަރުކަޒީ ޤާނޫނުގައި ބަޔާންކުރާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށް ދިނުމުގައިކައުންސިލްތަކަށް ދިމާވާ އެންމެބޮޑު ގޮންޖެހުމަކީ މާލީގޮތުން ކައުންސިލްތައް ނިކަމެތިވުން ކަމަށާއި ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ވަސީލަތެއް ގިނަ ކައުންސިލްތަކުގައި ނެތުމުން ބައެއްކަހަލަ ޕްރޮގްރާމްތައް ހިންގަންޖެހެނީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމާއެކުގައެވެ. މިގޮތުން މި ޕްރޮގްރާމްވެސް ކާމިޔާބުކަމާއެކު ނިންމާލެވުނީ އެކިފަރާތްތަކުގެ އެހީތެރިކަން ލިބިގެންކަން ފާހަގަ ކުރެއްވިއެވެ.