ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު ދެއްވުން

ތިލަދުންމަތީ އުތުރުބުރީ އަތޮޅުކައުންސިލުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ، ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ 03 ޑިސެމްބަރ 2017 ވަނަ ދުވަހުގެރޭ ދިއްދޫގައި ބާއްވައިފިއެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށުނު މިޖަލްސާ ޝަރަފްވެރި ކޮށްދެއްވީ އިންފޮމޭޝަން ކޮމިޝަނަރ އަލްފާޟިލް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ.

މިރަސްމިއްޔާތުގައި ރަށްރަށުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި ރަށުކައުންސިލްތަކުގެ އިސްވެރިންނާއި ދިއްދޫގައި ހުންނަ ސަރުކާރު މުވައްސަސާތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި އެކި ދާއިރާތަކުން އަތޮޅަށް ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށާއި 2016 ވަނަ އަހަރު ތަޢުލީމީގޮތުން ޤައުމީފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ޙާސިލްކޮށްފައިވާ، އަތޮޅަށް ނިސްބަތްވާ އަތޮޅު ދަރިވަރުންނަށް އިނާމާއި ހަނދާނީފިލާ ލިބިގެން ދިއައެވެ. އަދި މީގެއިތުރުން ހިންގުމުގެ ދާއިރާއިންނާއި ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭފަދަ ޚިދުމަތް އަތޮޅަށް، ރަށަށް ކޮށްދެއްވާފައިވާ ފަރާތްތަކަށްވެސް އިނާމާއި ހަނދާނީ ފިލާ ލިބިގެން ދިޔައެވެ. މިއީ ހއ. އަތޮޅުން މިފަދަ އިނާމް ދެއްވަމުން ގެންދަވާ ތިންވަނަ ފަހަރެވެ.

މިގޮތުން އިނާމް ދެވުނު އެކި ދާއިރާތަކަކީ:

2017 ވަނަ އަހަރު ހއ. ކެލާގައި ބޭއްވުނު އަތޮޅު ޤުރުއާން މުބާރާތުން އެންމެމޮޅު އަށް ދަރިވަރު

1. ނުޒުލާ އިސްމާޢީލް ރަޝީދު ފެހިއާރު ހއ. ދިއްދޫ

2. ޢާއިޝަތު ނަބީހާ އަމީނާ  ކާނިގަސްދޮށުގެ ހއ. ކެލާ

3. ޒުމްރާ އަޙުމަދު ސާވަން ހއ. ދިއްދޫ

4. ރާއިފް މުޙައްމަދު ރަފީޢު ގްރީންހެވަން ހއ. ހޯރަފުށި

5. ޢާއިޝަތު ޝަރުފާ ނޫވިލް ހއ. ހޯރަފުށި

6. އަޙުމަދު ސުޖާޢު ތޯތާއާގެ ހއ. ހޯރަފުށި

7. އައުލާ އަޙުމަދު ޝާކިރު ސަންޝައިން ހއ. ދިއްދޫ

8. މަރިޔަމް މަހާ މުޙައްމަދު މާޒީ ހއ. ދިއްދޫ

ބައްތިރީސްވަނަ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ފޮތުންކިޔެވުމުގެ ގޮފިން ތިންވަނަ

ޢާއިޝަތު ޝަރުފާ ނޫވިލް ހއ. ހޯރަފުށި

ބައްތިރީސްވަނަ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ފޮތުންކިޔެވުމުގެ ގޮފިން އެއްވަނަ

އަޙުމަދު ސުޖާޢު ތޯތާއާގެ ހއ. ހޯރަފުށި

ސާނަވީ އިމްތިހާނުތަކުން ވަނަތައް ޙާސިލްކޮށްފައިވާ ފަރާތްތަކަށް ކައުންސިލުން ދެއްވާ ޚާއްސަ އިނާމް ލިބުނު ފަރާތްތައް: މިފަރާތްތަކަކީ ޖީ.ސީ.އީ އޯލެވެލް، އައި.ޖީ.ސީ.އެސް.އީ، އެސް.އެސް.ސީ އިމްތިހާނުތަކުންނާއި އެޑެކްސެލް ޖީ.ސީ.އީ އޭ.ލެވެލް އަދި އެޗް.އެސް.ސީ އިމްތިހާނުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ޤައުމީ ފެންވަރުގައި، އެއްވަނަ، ދެވަނަ އަދި ތިންވަނަ ހާސިލްކޮށްފައިވާ ހއ. އަތޮޅަށް ނިސްބަތްވާ ފަރާތްތަކެވެ.

1. މުޙައްމަދު ޝަމްވީލް ނޫރަންމާގެ ހއ. އިހަވަންދޫ

2. އިޔާން އަހުމަދު ރަޝީދު މާގަސްދޮށުގެ ހއ. މުރައިދޫ

3. ޙައްޔާން ޢަބްދުލްކަރީމް ވާދީ ހއ. ތަކަންދޫ

4. މަރްޔަމް ސަބާ ސިޔާމް ހއ. ކެލާ

5. އަޙުމަދު ރަޝީދު މަންޒަރުގެ ހއ. ދިއްދޫ

6. ސިއްތި އިސްރާ އިރުމަތީގެ ހއ. ދިއްދޫ

7. މަރްޔަމް ނަފްހާ މާގަސްދޮށުގެ ހއ. ހޯރަފުށި

8. ޢާއިޝަތު ޒަހާ ވާދީ ހއ. ހޯރަފުށި

9. މަރިޔަމް އީމާޢަލީ އަލިރެސް ހއ. ހޯރަފުށި

10. އާމިނަތު އީމާ މުތީގެ ހއ. ދިއްދޫ

11. ޝައްމާ ޢަބްދުއްސައްތާރު މާއިނާ ހއ. ދިއްދޫ

12. ރަހާ މުޙައްމަދު ރަޝީދު އަމީނާމަންޒިލް ހއ. ދިއްދޫ

13. މިބްސާ ހަސަން ޒަރީރު ޖީޒާ ހއ. ކެލާ

14. ފާތުމަތު ނަދުހާ ހުދުފިނިފެންމާގެ ހއ. ފިއްލަދޫ

15. ހައްވާ ނަޖްލާ ވައިޓްސިގްނަލް ހއ. ވަށަފަރު

16. އާމިނަތު މިރުސާ ނޫރީގެ ހއ. އުތީމު

17. ސަފިއްޔާ ހަސަން ރޯޒްމީޑް ހއ. މުރައިދޫ

މަތީދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދެއްވާ ޚާއްސަ އިނާމް ތިންފަރާތަކަށް ލިބިފައިވެއެވެ.

1 . ޚާދީޒާ ލީޒާ ނިވާދޮށުގެ ހއ. ކެލާ ، ކުއްލިއްޔަތު ދިރާސަތުލް އިސްލާމިއްޔާއިން 2014 ވަނަ އަހަރު ހިންގެވި ބެޗްލަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޓީޒް ވިތު އޮނާރސް ކޯހުން 1 ވަނަ.

2. ޢާތިފާ ޒަކަރިއްޔާ ހއ. މާރަންދޫ ނޫރަލީގެ ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 2016 ވަނަ އަހަރު ހިންގެވި މާސްޓަރ އޮފް ދިވެހި ލޭންގްވޭޖް އެންޑް ކަލްޗަރ ކޯހުން 1 ވަނަ.

3. ޑރ މަރިޔަމް ޝަހުނީޒާ ނަސީރު ހއ. ދިއްދޫ ތިލަދޫ ، އެމެރިކާގެ ވޯލްޑަން ޔުނިވަރސިޓީން 2016 ވަނަ އަހަރު ޑޮކްޓަރ އޮފް އެޑިޔުކޭޝަން އިން ކަރިކިއުލަމް އިންސްޓްރަކްޝަން އެންޑް އެސެސްމަންޓް ޙާސިލް ކުރެއްވުން.

ހިންގުންތެރިކަމުގެ އިނާމް:-

މި އިނާމަކީ ހއ. އަތޮޅަށް ނިސްބަތްވާ ރަށުކައުންސިލްތަކުގެ ތެރެއިން 2016 ވަނައަހަރު އެންމެ ހިންގުންތެރި ރަށު ކައުންސިލްތަކުގެ ތެރެއިން އެއްވަނަ ދެވަނަ އަދި ތިންވަނަ ކައުންސިލެއް ކަނޑައަޅައި އިނާމުދިމެވެ. މިބައިން އެއްވަނަ އަދި ތިންވަނަ އަށް ހޮވޭވަރަށް މާރކްސް ލިބިފައިނުވާތީ އެއްވެސް ކައުންސިލެއް ކަނޑައެޅިފައެއް ނުވެއެވެ. އެންމެ ހިންގުންތެރި ރަށުކައުންސިލްގެ ބައިން ދެވަނަ ކައުންސިލަކަށް ހޮވުނީ ހއ. ކެލާ ކައުންސިލެވެ.

އެންމެ ހަރަކާތްތެރި ކްލަބު ޖަމްޢިއްޔާ:-

2016 ވަނައަހަރު އެންމެ ހަރަކާތްތެރި ކްލަބު ޖަމްޢިއްޔާއަކަށް ހޮވިފައިވަނީ ހއ. ކެލާ ޔޫތުފޯރަމެވެ.

ޚާއްސަ ޚިދުމަތުގެ އިނާމް:-

މިއީ ހއ. އަތޮޅަށް ނިސްބަތްވާ ރިޒޯޓްތަކުގެ ތެރެއިން އަތޮޅަށް އެންމެގިނަ ޚިދުމަތް ކުރައްވާފައިވާ ރިޒޯޓަކަށް ދެއްވާ އިނާމެވެ. މިއިނާމް 2016 ވަނައަހަރު ޙާސިލް ކުރެއްވީ ޖޭއޭ. މަނަފަރު ރިޒޯޓެވެ.

ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް:-

އަތޮޅު ކައުންސިލުން ދެއްވާ ޚިދުމަތުގެ އިނާމް ޙާސިލްކުރެއްވި ކުޅިވަރުގެ ދާއިރާއިން އަތޮޅަށާއި ރަށަށް ވަރަށް ގިނަމުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް އެދާއިރާއަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ހއ. ދިއްދޫ މާޒީ އަލްފާޟިލް މުޙައްމަދު ރަޝީދެވެ