ލިޔުންތެރީންގެ ދުވަސް ފާހަގަކުރުމަށް އެލްޖީއޭ ތިލަދުންމަތީ އުތުރުބުރީ ގޮފިން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި
މި އަހަރުގެ ލިޔުންތެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ-ތިލަދުންމަތީ އުތުރުބުރީ ގޮފީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކާމިޔާބު ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ޖުލައި މަހުގެ 8 ން 9 އަށް ދެ ދުވަހުގެ މުއްދަތަށް އެ އިދާރާގައި ކުރިއަށްދިޔަ މި ޙަރަކާތްތައް ގެންދެވިފައި ވަނީ މުވައްޒަފުން 4 ގްރޫޕަކަށް ބަހާލައިގެންނެވެ. މި ޙަރަކާތްތަކުގެ މައިގަނޑު މަޤްޞަދަކީ މުވައްޒަފުންގެ މެދުގައި ލިޔުންތެރިކަމުގެ ހުނަރު ކުރިއެރުވުމާއި ބަހަށް ލޯބިޖެއްސުމެވެ.
މި ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ލިޔުންތެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ފާރުނޫސްލިޔުމާއި، ޚަބަރުލިޔުމާއި، ޚަބަރު ކިޔުމުގެ އިތުރުން ތާރީޚާ ބެހޭ ކުއިޒެއް ވެސް ކުރިއަށް ގެންދެވިފައިވެއެވެ.
މި ހުރިހާ ޙަރަކާތްތަކެއް ނިމުނުއިރު، އެންމެ ގިނަ މާކްސް ހޯދައިގެން މުޅި މުބާރާތުގެ 1 ވަނަ ޙާޞިލްކުރީ “ގްރޫޕް 2” އެވެ. މުބާރާތުގެ ވަނައަށް ދިޔަ ގްރޫޕަށް އެ އިދާރާގެ ޓީ.އާރު.ސީ ކްލަބުގެ ފަރާތުން ހުށަހަޅާފައިވާ ޚާއްޞަ އިނާމެއް ދެވުނެވެ. މި ޙަރަކާތްތަކުގެ ފަނޑިޔާރުކަން ކޮށްދެއްވާފައި ވަނީ އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ ޢަބްދުﷲ ނަޢީމާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ-ތިލަދުންމަތީ އުތުރުބުރީ ގޮފީގެ ސީނިއަރ ކައުންސިލް އެގްޒެކެޓިވް ޢަބްދުﷲ ޝަފީޤާއި ކައުންސިލް އެގްޒެކެޓިވް މަރްޔަމް ޝަފީޤާއެވެ.