ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރުކުރުމާއި މާލިއްޔަތު ޤަވާޢިދަށް އަހުލުވެރިކުރުމުގެ ތަމްރީން ނިމިއްޖެ
ހއ. އަތޮޅު ކައުންސިލުން ހއ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް ހިންގި މާލީ ބަޔާން ތައްޔާރުކުރުމާއި މާލިއްޔަތު ޤަވާޢިދަށް އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމް ނިމިއްޖެއެވެ.
މި ނޮވެންބަރު މަހުގެ 16ން 19ވަނަ ދުވަހުގެ ނިޔަލަށް ހއ. އަތޮޅު ސްޓޭޓްހައުސް ކޮންފަރެންސް ހޯލްގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ފުރަތަމަ ދެ ދުވަސް އަމާޒު ކުރީ މާލީބަޔާންތައްޔާރު ކުރުމުގެ ތަމްރީނަށެވެ. އަދި 17ން 18ށް އޮތީ މާލިއްޔަތު ގަވާޢިދަށް އަހުލުވެރިކުރުމުގެ ތަމްރީނެވެ. މި ތަމްރީނުތައް 67 ބައިވެރިން ތަމްރީނު ފުރިހަމަ ކޮށްފައިވެއެވެ.
މި ދެ ތަމްރީނު ފެސިލިޓޭޓްކޮށް ދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެޑްވަކޭޓަރުން ކަމުގައިވާ އަޙްމަދު ވިސާމް، މޫސާ އިލްހާމް އަދި ޝިފާ ޢަލީ މުރުތަޟާއެވެ.