އިހަވަންދޫ

ހއ. އިހަވަންދޫ އާޘާރީ މިސްކިތް މަރާމާތު ނުކުރާއިރު ފެންނަން ހުރިގޮތް

ޑިސެމްބަރ 1701.މ ( 15 ރަޖަބް 1113 ޙ ) ވަނަ ސަނަތުގައި އައްސުލްތާން އިބްރާހީމް މުޡުހިރުއްދީން މިރަށުގައި އިމާރާތްކުރެއްވި ހިރިގަލުގެ މިސްކިތަކީ މިރަށުގެ ކުރީގެ ހުކުރު މިސްކިތެވެ. މިއީ ވަރަށް ރީތި އާޘާރީ މިސްކިތެކެވެ. މިސްކިތުގެ ޤަބުރުސްތާނުން އުތީމު ހަސަން ރަންނަބަޑޭރި ކިލެގެފާނުގެ އާއިލާގެ މެމްބަރެއްގެ މާހާނަ ފާހަގަކުރެވެއެވެ. އަދި އެކިލެގެފާނުގެ ދަރިކޮޅު މިރަށާއި ކެލާގައިވާކަމަށް ބުނެވެއެވެ.

ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަމުން ފެށިގެން ވަޒީރުކަން ކުރެއްވި އައްޑޫ ޝަހީދުވި ކުޑަބަނޑޭރި މުޙައްމަދު ތަކުރުފާނުގެ ދަރިކަލުން އަލްވަޒީރު މުޙަައްމަދުގެ މަހާނަ އެމިސްކިތްދޮށުގައި ވެއެވެ. މިރަށަކީވެސް ވަނގާރުފަދަ މުހިންމު ބަނދަރެކެވެ. އިހުގައި ހަރުދަނާ ބަޔަކު އުޅުނު ރަށެކެވެ.

 

މަޢުލޫމާތު: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު