ދިއްދޫ

ދިއްދޫ ކައުންސިލްގެ އިދާރާގެ ކުރީގެ ފޮޓޯއެއް


ތިލަދުންމަތީ އުތުރުބުރީ ދިއްދުއަކީ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތަރުތީބަށް ބަލާއިރު މިހާރު 8 ވަނަރަށެވެ. މިރަށަކީ އަތޮޅުގެ އެންމެ ބައިގިނަ ރަށެވެ. ރަށުގެ އާބާދީގައި 4385 މީހުން ހިމެނެއެވެ. ދިއްދުއަކީ އަތޮޅުގެ ވެރިކަންކުރާ ރަށްކަމަށްވާތީ ތަފާތުގިނަ ޚިދުމަތްތައް އެރަށުން ލިބެންހުރެއެވެ

ދިއްދޫގައި ޕްރީސްކޫލަކާއި ޕްރައިމަރީ ސްކޫލެއް ހުރެއެވެ.  ހއ. އަތޮޅު ތަޢުލީމީ މަރުކަޒުވެސް ހުންނަނީ ދިއްދޫގައެވެ. މި ސްކޫލްގައި ގްރޭޑް 10،11،12 އާ ހަމައަށް ކިޔަވައިދެއެވެ. ތަޢުލީމީ މަރުކަޒުގައި 548 ދަރިވަރުން ތަޢުލީމް ހާސިލްކުރަމުން ދާއިރު ޕްރީސްކޫލްގައި 292 ކުދިން ތަޢުލީމް އުނގެނެމުން ދެއެވެ

ދިއްދުއަކީ ބަނދަރު ހެދިފައިވާ ރަށެކެވެ. ބަނދަރުގެ ބޮޑުމިނަކީ 1200 ފޫޓެވެ. އަދި މީގެ އިތުރުން  ރަށުގެ ހުޅަނގުމަތީ ފަރާތުގައި ފަޅުވެސް އޮވެއެވެ. 24 ގަޑިއިރު ކަރަންޓް ލިބެންހުރިއިރު އަތޮޅު ހޮސްޕިޓަލްވެސް ހުންނަނީ ދިއްދޫގައެވެ. ދިއްދޫގައި ބިމުގެ ޖާގަދަތިވެ ގޯތި ދެވެން ނެތުމުން 2010 ވަނައަހަރު 31 ހެކްޓަރގެ ބިން ހިއްކާފައިވެއެވެ. މިހާރު އެތަނުގައި ސަރުކާރުން ހައުސިންގޔުނިޓްތަކެއްވެސް އަޅާފައިވެއެވެ

ދިއްދޫގައި 83 ފިހާރައާއި 11 ސައިހޮޓާއާއި 3 ރެސްޓޯރަންޓް ހުރެއެވެ.

ދިއްދޫ ކައުންސިލްގެ އިދާރާ ފޯން: 6500018

ކައުންސިލްގެ ރައީސް: ޢަލީ ހާޝިމް

ރައީސްގެ ފޯން: 9943615

އީމެއިލް: [email protected]