މަޢުލޫމާތު ދޫކުރުމާބެހޭ ކޮމިޓީ

މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުމުގެ ޙައްގު ހަމަ ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ. މި ޙައްޤުގެ ދަށުން މަޢުލޫމާތު ހޯދުމަށް ހުށަހެޅުމަކީ ކޮންމެ ރައްޔިތަކަށްވެސް ކުރެވިދާނެ ކަމެކެވެ.

މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެދަށުން މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅުއްވަންވާނީ މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ޤަވާޢިދުގެ ޖަދުވަލު 1 ގައިވާ ފޯމުން ނުވަތަ އެފޯމުގައި ހިމެނިފައިވާ މަޢުލޫމާތު ހިމެނޭގޮތަށް އެ އިދާރާއަކުން ތައްޔާރުކޮށްފައިވާ ފޯމަކުންނެވެ.

 

# އިންފޮމޭޝަން އޮފިސަރަކީ  ޢާންމު ފަރާތްތަކުން މަޢުލޫމާތު ހޯދުމަށް ހުށަހަޅާ މައްސަލަތަކަށް ޖަވާބު ދާރީވުމަށް އެ އިދާރާއަކުން ކަނޑައަޅާފައި ހުންނަ ފަރާތެވެ.

# މުރާޖައާ ކޮމިޓީއަކީ އެ އިދާރާއަކުން ނުވަތަ އެ މުވައްސަސާއެއްގެ އިންފޮމޭޝަން އޮފިސަރަކު ، މަޢުލޫމާތު ދިނުމަށް އިންކާރު ކުރުން ނުވަތަ ދެއްވި މަޢުލޫމާތު ފުރިހަމަނުވުން ނުވަތަ މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މަޢުލޫމާތު ނުދިނުން ފަދަ ކަންކަން ދިމާވުމުން ޝަކުވާ ހުށަހަޅަން އޮންނަ ކޮމިޓީއެކެވެ

މި ޤާނޫނުގެދަށުން މަޢުލޫމާތު ހޯދުމަށް ހުށަހަޅަން ޖެހޭ ފޯމް މި ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. 

އީމެއިލް: info@halifatoll.gov.mv

 

އިންފޮމޭޝަން އޮފިސަރާބެހޭ މަޢުލޫމާތު

މުރާޖައާ ކޮމިޓީއާބެހޭ މަޢުލޫމާތު