އޮފީސް ހިންގުމުގެ ހުނަރު ދަސްކޮށް ދިނުމުގެ މަސައްކަތު ބައްދަލުވުން ނިމި ބައިވެރިންނަށް ހަނދާނީ ލިއުން ދެއްވައިފި

36437230_1746269278773220_5305662994414305280_n

ބައްދަލުވުމުގެ ބައިވެރިއަކަށް ލިއުން ޙަވާލުކޮށްދެއްވަނީ


ތިލަދުންމަތީ އުތުރުބުރީ ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް އަމާޒްކުރައްވައިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި އަތޮޅު ކައުންސިލާއި ރަށުކައުންސިލްތައް ގުޅިގެން ހިންގެވި އޮފީސް ހިންގުމުގެ ހުނަރު ދަސްކޮށްދިނުމުގެ މަސައްކަތު ބައްދަލުވުން ނިންމާ ބައިވެރިންނަށް ހަނދާނީ ލިއުން ޙަވާލުކޮށް ދެއްވައިފިއެވެ. މި ބައްދަލުވުން ނިމުމުގެ ރަސްމިއްޔާތުގައި ހަނދާނީ ލިއުން ޙަވާލުކޮށްދެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޙުސައިނާއި ކައުންސިލްގެ މެންބަރ އަލްފާޟިލް އިބްރާހީމް ރަޝީދާއި އަލްފާޟިލް ޢަބްދުﷲ އިންފާޒާއި އެލް.ޖީ.އޭގެ ޑިރެކްޓަރ އަލްފާޟިލް އަޙުމަދު ޙަސަނެވެ.

ތިންދުވަހުގެ މުއްދަތަށް ހިންގުނު މި މަސައްކަތު ބައްދަލުވުމުގައި ހޯރަފުށީ ފިޔަވައި  13 ރަށުގެ ރަށުކައުންސިލުން މުވައްޒަފުން ބައިވެރިވެ ލެއްވިއެވެ. މި މަސައްކަތު ބައްދަލުވުމުގައި އޮފީހެއް ހިންގުމުގައި ބޭނުންވާ މައިގަނޑު 6 ކަމެއްގެ މައްޗަށް މަޢުލޫމާތު ދެއްވިއެވެ. އޭގެތެރޭގައި ޕްލޭން ތައްޔާރުކުރުމާއި، ބަޖެޓްހިންގާނެގޮތާއި، މާލީކަންކަން ބެލެހެއްޓުމާއި، ޕްރޮކިއުމަންޓް ޕްރޮސެސް ދާނެގޮތާއި، ޓާސްކް މެނޭޖް ކުރާނެގޮތާއި، ޕާރފޯމަންސް މިންކުރާގޮތް އޮޅުން ފިލުވައި ދެއްވިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ ކައުންސިލްތަކުން މިހާތަނަށް އިދާރީ ގިނަމުވައްޒަފުންތަކެއް ބައިވެރިވުން ހިމެނޭގޮތަށް ބޭއްވުނު އެންމެ ފުރަތަމަ ބައްދަލުވުމެވެ.