ހއ. އަތޮޅު ޤުރުއާން މުބާރާތުން ވަނަވަނައަށް އައި ފަރާތްތަކަށް އިނާމާއި ތަށި ދެއްވައިފި

inaam

ޤުރުއާން މުބާރާތުގެ ވަނަތަކަށް އިނާމު ދެއްވަނީ


 

ހއ. އަތޮޅު ޤުރުއާން މުބާރާތް  (2016) ނަތީޖާ ފާޅުކޮށް ވަނަވަނައަށްއައި ފަރާތްތަކަށް ތައްޓާއި އިނާމު ދެއްވީ މިކަމަށްޓަކައި ހއ. އުތީމުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ޚާއްސަ ޖަލްސާގައެވެ. މި މުބާރާތުން ވަނަވަނަޔަށްދިޔަ ކުދިންނަށް އިނާމާއި ތައްޓާއި ހަނދާނީ ލިއުން ޙަވާލުކޮށްދެއްވި އަތޮޅު ކައުންސިލްގެ މެމްބަރުންނާއި އުތީމު ކައުންސިލް މެމްބަރުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރި މެހުމާން އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟި މުޙައްމަދު ރަޝީދު ދެއްކެވި ވާހަކަފުޅުގައި މި މުބާރާތް ކާމިޔާބުކަމާއެކު ނިންމާލުމުގައި އުތީމު ރައްޔިތުންނާއި އުތީމުގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުން ދެއްވި އެއްބާރު ލެއްވުމާއި ކުރެއްވި ބުރަ މަސައްކަތަށް އަތޮޅު ކައުންސިލްގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.

ދެ ގޮފިން 8 ޢުމުރުފުރައަކުން 100 އަށްވުރެ ގިނަ ކުދިން ވާދަކުރި މި މުބާރާތުން ފަޚުރުވެރި އެއްވަނަ ހޯދާފައިވަނީ ހއ. ހޯރަފުއްޓެވެ. މިއީ ވިދިވިދިގެން މުޅި މުބާރާތުން ހޯރަފުށި އެއްވަނަ ހޯދި 4 ވަނަ ފަހަރެވެ. މި މުބަރާތަށް އެންމެ އަގުބޮޑު އިނާމު ހުށަހަޅާފައިވަނީ އުތީމު ކައުންސިލުންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި ކިޔެވުމުގެ ގޮފިން އެއްވަނަ ލިބޭފަރާތަކަށް ދެވޭ 10000.00 ( ދިހަހާސް ) ރުފިޔާ އިނާމެވެ.

މި ޖަލްސާގައި ވަރަށް އުފާވެރި ޚަބަރެއްވެސް ހާމަވެގެން ދިޔައެވެ. އެއީ މި މުބަރާތުން އެންމެގިނަ މާރކްސް ހޯދި ދަރިވަރަށް މުބާރާތުގެ އިސްފަނޑިޔާރު އަލްޤާރީ ފިރާޤު މުޙައްމަދުފުޅު ނިސްބަތްވާ ޢުމުރާ ގުރޫޕުން ޢުމުރާ ދަތުރެއް ލިބިގެންދާނެ ކަމުގެ އުފާވެރި ޚަބަރެވެ.

މިޖަލްސާގައި މި މުބާރާތް ކުރިއަށް ގެންދިއުމުގައި އެކި ގޮތްގޮތުން އެހީތެރިވި މުވައްސަސާތަކަށާއި މުބާރާތުގައި ވާދަކުރެއްވި ރަށު ކައުންސިލްތަކަށްވެސް ވަނީ އުތީމުކައުންސިލްގެ ފަރާތުން ހަނދާނީ ފިލާ ޙަވާލުކޮށް ދެއްވާފައެވެ. ޖަލްސާ ނިންމާލީ މުޅި މުބާރާތުން ބަލައިގެން ކިޔެވުމުން އެއްވަނަ ދަރިވަރު ހޯރަފުށީ ކަނީރުމާގޭ ޝައްފާ ސިޔާދު ޢަބްދުލްވާޙިދުގެ ޤުރުއާން ކިޔެވުމުންނެވެ.

މި މުބާރާތުން 6 އަހަރުން ދަށުން ބަލައިގެން ކިޔެވުމުގެ އުމުރުފުރައިން ވަނައަކަށް ދާވަރަށް އެއްވެސް ކުއްޖަކަށް މާރކްސް ލިބިފައެއް ނުވެއެވެ.

ބަލައިގެން ކިޔެވުމުގެ ގޮފިން 9 އަހަރުންދަށުން 

އެއްވަނަ އިހަވަންދޫ ބުލްބުލާގެ ފާތުމަތު ނަދުވާ

ބަލައިގެން ކިޔެވުމުގެ ގޮފިން 11 އަހަރުން ދަށުން 

ތިންވަނަ ކެލާ ޖިފުޑި ޒަލްފާ ޢަބްދުލްޢަޒީޒު. މި ޢުމުރުފުރައިން އެއްވަނަ ދެވަނައަށް ހޮވޭވަރަށް އެއްވެސް ކުއްޖަކަށް މާރކްސް ލިބިފައެއް ނުވެއެވެ.

ބަލައިގެން ކިޔެވުމުގެ ގޮފިން 13 އަހަރުން ދަށުން.

އެއްވަނަ ހއ. ދިއްދޫ އިސްދޫ ޝާނިހާ ޝަރީފު

ދެވަނަ ބާރަށު މީނާޒް ޙައްވާ މިޒުދާ

ތިންވަނަ ދިއްދޫ ފެހިއާރު ނުޒުލާ އިސްމާޢީލް ރަޝީދު

ބަލައިގެން ކިޔެވުމުގެ ގޮފިން 16 އަހަރުން ދަށުން.

އެއްވަނަ ހޯރަފުށީ ގްރީންވޯލްޑް މަރިޔަމް ޢަފާފު މުޙައްމަދު

ދެވަނަ ހއ.ހޯރަފުށީރާމަﷲ ޝުޢައިބު މުޙައްމަދު އިޤުބާލް

ތިންވަނަ ގ. ލައިކަލް ރާޢިފު މުޙައްމަދު ރަފީޢު

ބަލައިގެން ކިޔެވުމުގެ ގޮފިން 19 އަހަރުން ދަށުން.

އެއްވަނަ ހޯރަފުށީ ރަސްކަރަ ޢާއިޝަތު ޝަރުފާ

ދެވަނަ ހޯރަފުށީ މާސް ސަޖުވާ ޢަބްދުލްމަތީން

ތިންވަނަ ދިއްދޫ ސާވަން ޒުމުރާ އަޙުމަދު

ބަލައިގެން ކިޔެވުމުގެ ގޮފިން 21 އަހަރުން ދަށުން.

އެއްވަނަ ބައްސާމާ ސުލައިމާން ދިއްދޫ ފުނަކުރި

ތިންވަނަ މޮޅަދޫ ހަވާ ފާތުމަތު ނާހިދާ

މި ޢުމުރުފުރައިން ވާދަކޮށްފައިވަނީ 2 ކުދިންނެވެ.

ބަލައިގެން ކިޔެވުމު ގޮފިން އެންމެމޮޅު 8 ދަރިވަރު

އާއިޝަތު ޝަރުފާ ރަސްކަރަ ހއ. ހޯރަފުށި

ޝާނިހާ ޝަރީފް އިސްދޫ ހއ. ދިއްދޫ

މަރިޔަމް އަފާފު މުޙައްމަދު ގްރީންވޯލްޑް ހއ. ހޯރަފުށި

ބައްސާމާ ސުލައިމާން ފުނަކުރި ހއ. ދިއްދޫ

ސަޖުވާ ޢަބްދުލްމަތީން މާސް ހއ. ހޯރަފުށި

ޙައްވާ މިޒުދާ މީނާޒް ހއ. ބާރަށް

ޒުމުރާ އަޙުމަދު ސާވަން ހއ. ދިއްދޫ

ނުޒުލާ އިސްމާޢީލް ރަޝީދު ފެހިއާރު ހއ. ދިއްދޫ

 

މުޅިމުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ހއ. ދިއްދޫ

މުޅިމުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 2 ވަނަ ހއ. ހއ. ހޯރަފުށި

މުޅިމުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 3 ވަނަ ހއ. އިހަވަންދޫ

Husain

މި މުބާރާތުގައި ނުލަބައި ކިޔެވުމުގެ ގޮފިން 6 އަހަރުން ދަށުން 3 ވަނަ

ހޯރަފުށީ ޕްލާޒާ ޢާއިޝަތު ސަހާ އަޙުމަދު

މި ޢުމުރުފުރައިން އެއްވަނަ ދެވަނައަށް ކުއްޖަކު ހޮވިފައެއް ނުވެއެވެ.

ނުބަލައި ކިޔެވުމުގެ ގޮފިން 7 އަހަރުން ދަށުން

އެއްވަނަ ކެލާ ފެންފިޔާޒްގެ އިސްމާޢީލް މަހުފޫޒު

ތިންވަނަ އިހަވަންދޫ ހާއުފާ ޢާއިޝަތު ސުހާ ވަޙީދު

މި ޢުމުރުފުރައިން ދެވަނައަށް ކުއްޖަކު ހޮވިފައެއް ނުވެއެވެ.

ނުބަލައި ކިޔެވުމުގެ ގޮފިން 9 އަހަރުން ދަށުން.

އެއްވަނަ ހޯރަފުށީ ކަނީރުމާގެ ޝައްފާ ސިޔާދު ޢަބްދުލްވާޙިދު

ދެވަނަ ކެލާ ޝަންސައިން އައުލާ އަޙުމަދު ޝާކިރު

ތިންވަނަ ހޯރަފުށީ ފެންފިނިގެ ފާތުމަތު ޝައިޚާ ޢާލީ

ނުބަލައި ކިޔެވުމުގެ ގޮފިން 11 އަހަރުން ދަށުން.

ދެވަނަ ދިއްދޫ މާޒީ މަރިޔަމް މަހާ މުޙައްމަދު

ތިންވަނަ ކެލާ ބަށިމާގެ އަޙުމަދު ޒާހިލް ޒާހިރު

މި އުމުރުފުރައިން 1 ވަނައަށް ކުއްޖަކު ހޮވިފައެއް ނުވެއެވެ.

ނުބަލައި ކިޔެވުމުގެ ގޮފިން 13 އަހަރުން ދަށުން

އެއްވަނަ ހއ. ހޯރަފުށީރާމަﷲ ސާޖިދު މުޙައްމަދު އިޤުބާލް

ދެވަނަ ކެލާ ރަންބުސްތާނުގެ މަރިޔަމް ޒަހުރާ

ތިންވަނަ ދިއްދޫ ނަސްރީނުގެ ޝާހިޔާ ޙާޝިމް

ނުބަލައި ކިޔެވުމުގެ ގޮފިން 16 އަހަރުން ދަށުން.

މި ޢުމުރުފުރައިން އެއްވަނަ ދެވަނަ ތިންވަނައަށް ހޮވޭވަރަށް މާކްސް ލިބިފައެއް ނުވެއެވެ.

ނުބަލައި ކިޔެވުމުގެ ގޮފިން އެންމެމޮޅު 7 ދަރިވަރު

ޝައްފާ ސިޔާދު ޢަބްދުލްވާޙިދު ކަނީރުމާގެ ހއ. ހޯރަފުށި

އައުލާ އަޙުމަދު ޝާކިރު ޝަންސައިން ހއ. ކެލާ

ފާތުމަތު ޝައިޚާ ޢަލީ ފެންފިނިގެ ހއ. ހޯރަފުށި

ސާޖިދު މުޙައްމަދު އިޤުބާލް ރާމަﷲ ހއ. ހޯރަފުށި

އިސްމާޢީލް މަޙުފޫޒް ފެންފިޔާޒްގެ ހއ. ކެލާ

ޢަބްދުﷲ އައިމަން ރަންފަސް ހ. ކެލާ

ޢާއިޝަތު ޝައުޙާ މުޙައްމަދު ސެހެނާވިލާ ހއ. ދިއްދޫ

 

މުޅިމުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ ހއ. ދިއްދޫ

މުޅިމުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން 2 ވަނަ ހއ. ހޯރަފުށި

މުޅިމުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން 3 ވަނަ ހއ. ކެލާ