ކައުންސިލް މެންބަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް

އަލީ ޝަމީމް

އަތޮޅުކައުންސިލްގެ ނާއިބު ރައީސް

ބާރަށު ދާއިރާ

 

 

 

އިންފްރާސްޓްރަކްޗަރ އެންޑް އިކޮނަމިކް ޑިވެލޮޕްމަންޓް ޔުނިޓް

 

·         ލާމަރުކަޒީ ޤާނޫނާއި، ކައުންސިލްގެ ހިންގާ ޤަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތީން ކައުންސިލްގެ ނާއިބު ރައީސްގެ ހައިޞިއްޔަތުން އުފުލަންޖެހޭ މަސްޢޫލިއްޔަތުތައް އުފުލުން

·         ލާމަރުކަޒީ ޤާނޫނުގެ 19 ވަނަ މާއްދާއިން މަތިކޮށްފައިވާ ޒިންމާ އުފުލުން

·         ޤާނޫނުގެ ދަށުން އަތޮޅު ކައުންސިލަށް ލިބިފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކާ ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ތަރައްޤީގެ މަސްރޫޢުތައް ރަށުކައުންސިލުން ތަންފީޒުކުރުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުން

·         ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އަދި އެހެން ޤާނޫނުތަކުން ބަޔާންކޮށްފައިވާ ގޮތުގެމަތިން އިޤްތިޞާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި، ފަރާއި ފަޅު ހޯދުން

·         އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ، ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ހޯދާ ބިންބިމާއި، ފަރާއި ފަޅު ފަދަ ތަންތަނުގައި އިންވެސްޓް ކުރުމާއި، އަދ އިންވެސްޓްމަންޓްތައް ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ކައުންސިލްގެ ނަމުގައި މިލްކު ކުރުން

·         އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލުން ނިންމާފައިވާ ގޮތުގެމަތިން ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކްކުރުން.

·         ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ހެދޭ ގަވައިދުގައިވާ ގޮތުގެމަތިން އެހެން ފަރާތްފަރާތަށް ކުއްޔަށް ދިނުމާއި ދޫކުރުމަށް ކައުންސިލުން ނިންމުމުން ދިނުމާއި، ދޫކުރުން.

·         އިދާރީ ދާއިރާގެ ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަތޮޅުކައުންސިލުން ނިންމުމުން އެކިފަރާތްތަކާއެކު އެގްރީމެންޓްކޮށް ވިޔަފާރީގެ މުޢާމަލާތްކުރުން.

·         ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އިދާރީ ދާއިރާގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އެހެނިހެން ސިނާޢަތުތައް ކުރިއެރުވުމަށް ކައުންސިލުން ނިންމާފައިވާ ގޮތުގެ މަތިން އެހީތެރިވެދީ މަސައްކަތްކުރުން.

·         އިދާރީ ދާއިރާގެ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ވަކި ރަށުކައުންސިލަކާ ޙަވާލުނުކޮށް ހުންނަ މަޝްރޫޢުތައް ހިންގުން.

·         އަތޮޅުކައުންސިލްގެ އިދާރާއާއި އަތޮޅުގެއާއި، އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ޢިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުން.

·         އަތޮޅުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާބެހޭ މަޢުލޫމާތު ހޯދުން.

·         ރަށްރަށުގެ މަގާއި ބަނދަރު ހެދުމާއި، މަރާމާތުކުރުން.

·         އަތޮޅު ކައުންސިލް އިދާރާގެ އެއްގަމާއި، ކަނޑުގެ ވެހިކަލްތައް ބެލެހެއްޓުން.

·         ރަށްރަށުގެ ފާލަން އެޅުމާއި، ފާލަން މަރާމާތުކުރުމުގެ ކަންތައް ބެލެހެއްޓުން.

·         ބޯފެނާއި ނަރުދަމާ ނިޒާމާބެހޭ ކަންތައްތައް  ބެލެހެއްޓުން.

·         ރަށްރަށުގެ ކަރަންޓާ ގުޅޭގޮތުން ހިންގާ ކަންތައްތައް ބެލެހެއްޓުން.

·         ސަރުކާރުން އިދާރީ ދާއިރާގައި ހިންގާ ތަފާތު ޕްރޮޖެކްޓްތަކާ ގުޅޭ ކަންތައްތައް ބެލެހެއްޓުން.

·         ރަށްރަށުގެ ނެރުމަގު ފުންކުރުމުގެ ކަންތައް ބެލެހެއްޓުން.

·         ރަށްރަށުގެ ގިރާ ސަރަޙައްދުތައް ޙިމާޔަތްކުރުން.

·         ރަށްރަށުގެ ކުނި ނައްތާލުމާގުޅޭ ކަންތައްތައް ބެލެހެއްޓުން.

·         ފެރީ ދަތުރުތަކާބެހޭ ކަންތައްތައް ބެލެހެއްޓުން.

ރަށްރަށުގައި ކުޅިވަރު ކުޅޭނެ ތަންތަން ހެދުން.

·         ރަށްރަށުގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާކޮށް ރިޕޯޓް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.

·         ރަށްރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލުން ނިންމާގޮތެއްގެ މަތިން ކުރުން.

·         އަތޮޅު ކައުންސިލުން ހަމަޖައްސަންޖެހޭ ދަތުރުތައް ހަމަޖެއްސުން.

·         ކުޑަކުދިންގެ ޕާކާއި، ރެސްޓިންގ ޕޮއިންޓް ރަށްރަށުގައި ހެދުން.

·         ޕްރޮކިއުމެންޓްގެ އެންމެހައި މަސައްކަތްތައް ކުރުން.

·         އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރުމުގެ މަސައްކަތް ކުރުން

·         އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ރަޖިސްޓްރީ ދޫކުރުން.

·         ރޯޑުވާދިނަސް، އޮޑީ ނަންބަރ އަދި ސަރވޭ ކުރުމުގެ މަސައްކަތް ކުރުން.

ޔުނިޓްގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން

 

 

 

 

 

 

 

އިބްރާހީމް ރަޝީދު

ކައުންސިލަރ

ހޯރަފުށި ދާއިރާ

 

 

 

ޕޮލިސީ ޕްލޭނިންގ ރިސާޗް އެންޑް މޮނިޓަރިންގ ޔުނިޓް

 

·         ލާމަރުކަޒީ ޤާނޫނާއި، ކައުންސިލްގެ ހިންގާ ޤަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތީން އަތޮޅުކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން ޤާނޫނުގެ 20 ވަނަ މާއްދާއިން މަތިކޮށްފައިވާ މަސްޢޫލިއްޔަތުތަކައި ޒިންމާތަށް އުފުލުން

·         އިދާރީ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ކަމާބެހޭ ފަރާތްތަކަށް ދިނުން.

·         އަތޮޅުކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ކަންތައްތައް ތަންފީޒް ކުރުމަށް ބޭނުންވާ ޕްލޭންތައް ހެދުން.

·         ރަށުކައުންސިލްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސްކުރުން.

·         ރަށުކައުންސިލްތައް ހިނގާ ނުހިނގާގޮތް ބެލުމާއި، ރަށުކައުންސިލްތަކުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބެލުން.

·         ޢަމަލްކުރެވެމުންދާ އަތޮޅު ތަރައްޤީގެ ޕްލޭންގެ މުއްދަތު ހަމަވުމުގެ 4 މަސްދުވަސް ކުރިން، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށްގެން ކުރިއަށްއޮތް 5 އަހަރު ދުވަހަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭން އެކުލަވައިލުން.

·         ރަށްރަށާބެހޭ މަޢުލޫމާތު އެއްކުރުން.

·         އުފަންވާ ކުދިންނާއި، މަރުވާ މީހުންނާބެހޭ ރިޕޯޓްތައް ބެލެހެއްޓުން.

·         ރަށްރަށުން ބޭރުކުރެވުނު ދަނޑުވެރިކަމުގެ ތަކެތީގެ ރިޕޯޓް ފޮނުވުން.

·         ތިމާވެށީގެރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

ކަނދުފަތި ކައިރިން ބާނާ މަހުގެ ހިސާބު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

·         މަސްވެރިކަމުގެ މަސްދުވަހުގެ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

·         އަތޮޅު ކައުންސިލް އިދާރާގެ އިންވެންޓްރީ ލިޔެ ބެލެހެއްޓުން.

ޔުނިޓްގެ އެންމެހާ ޒިންމާތައް ބެލެހެއްޓުން

 

އަބުދުﷲ ސިރާޖު

ކައުންސިލަރ

ދިއްދޫ ދާއިރާ

·         ލާމަރުކަޒީ ޤާނޫނާއި، ކައުންސިލްގެ ހިންގާ ޤަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތީން ކައުންސިލްގެ ނާއިބު ރައީސްގެ ހައިޞިއްޔަތުން އުފުލަންޖެހޭ މަސްޢޫލިއްޔަތުތައް އުފުލުން

·         ލާމަރުކަޒީ ޤާނޫނުގެ 19 ވަނަ މާއްދާއިން މަތިކޮށްފައިވާ ޒިންމާ އުފުލުން

·         ޤާނޫނުގެ ދަށުން އަތޮޅު ކައުންސިލަށް ލިބިފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކާ ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ތަރައްޤީގެ މަސްރޫޢުތައް ރަށުކައުންސިލުން ތަންފީޒުކުރުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުން

·         ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އަދި އެހެން ޤާނޫނުތަކުން ބަޔާންކޮށްފައިވާ ގޮތުގެމަތިން އިޤްތިޞާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި، ފަރާއި ފަޅު ހޯދުން

·         އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ، ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ހޯދާ ބިންބިމާއި، ފަރާއި ފަޅު ފަދަ ތަންތަނުގައި އިންވެސްޓް ކުރުމާއި، އަދި އިންވެސްޓްމަންޓްތައް ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ކައުންސިލްގެ ނަމުގައި މިލްކު ކުރުން

·         އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލުން ނިންމާފައިވާ ގޮތުގެމަތިން ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކްކުރުން.

·         ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ހެދޭ ގަވައިދުގައިވާ ގޮތުގެމަތިން އެހެން ފަރާތްފަރާތަށް ކުއްޔަށް ދިނުމާއި ދޫކުރުމަށް ކައުންސިލުން ނިންމުމުން ދިނުމާއި، ދޫކުރުން.

·         އިދާރީ ދާއިރާގެ ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަތޮޅުކައުންސިލުން ނިންމުމުން އެކިފަރާތްތަކާއެކު އެގްރީމެންޓްކޮށް ވިޔަފާރީގެ މުޢާމަލާތްކުރުން.

·         ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އިދާރީ ދާއިރާގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އެހެނިހެން ސިނާޢަތުތައް ކުރިއެރުވުމަށް ކައުންސިލުން ނިންމާފައިވާ ގޮތުގެ މަތިން އެހީތެރިވެދީ މަސައްކަތްކުރުން.

·         އިދާރީ ދާއިރާގެ ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ވަކި ރަށުކައުންސިލަކާ ޙަވާލުނުކޮށް ހުންނަ މަޝްރޫޢުތައް ހިންގުން.

·         އަތޮޅުކައުންސިލްގެ އިދާރާއާއި އަތޮޅުގެއާއި، އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ޢިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުން.

·         އަތޮޅުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާބެހޭ މަޢުލޫމާތު ހޯދުން.

·         ރަށްރަށުގެ މަގާއި ބަނދަރު ހެދުމާއި، މަރާމާތުކުރުން.

·         އަތޮޅު ކައުންސިލް އިދާރާގެ އެއްގަމާއި، ކަނޑުގެ ވެހިކަލްތައް ބެލެހެއްޓުން.

·         ރަށްރަށުގެ ފާލަން އެޅުމާއި، ފާލަން މަރާމާތުކުރުމުގެ ކަންތައް ބެލެހެއްޓުން.

·         ބޯފެނާއި ނަރުދަމާ ނިޒާމާބެހޭ ކަންތައްތައް  ބެލެހެއްޓުން.

·         ރަށްރަށުގެ ކަރަންޓާ ގުޅޭގޮތުން ހިންގާ ކަންތައްތައް ބެލެހެއްޓުން.

·         ސަރުކާރުން އިދާރީ ދާއިރާގައި ހިންގާ ތަފާތު ޕްރޮޖެކްޓްތަކާ ގުޅޭ ކަންތައްތައް ބެލެހެއްޓުން.

·         ރަށްރަށުގެ ނެރުމަގު ފުންކުރުމުގެ ކަންތައް ބެލެހެއްޓުން.

·         ރަށްރަށުގެ ގިރާ ސަރަޙައްދުތައް ޙިމާޔަތްކުރުން.

·         ރަށްރަށުގެ ކުނި ނައްތާލުމާގުޅޭ ކަންތައްތައް ބެލެހެއްޓުން.

·         ފެރީ ދަތުރުތަކާބެހޭ ކަންތައްތައް ބެލެހެއްޓުން.

ރަށްރަށުގައި ކުޅިވަރު ކުޅޭނެ ތަންތަން ހެދުން.

·         ރަށްރަށުގެ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާކޮށް ރިޕޯޓް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.

·         ރަށްރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލުން ނިންމާގޮތެއްގެ މަތިން ކުރުން.

·         އަތޮޅު ކައުންސިލުން ހަމަޖައްސަންޖެހޭ ދަތުރުތައް ހަމަޖެއްސުން.

·         ކުޑަކުދިންގެ ޕާކާއި، ރެސްޓިންގ ޕޮއިންޓް ރަށްރަށުގައި ހެދުން.

·         ޕްރޮކިއުމެންޓްގެ އެންމެހައި މަސައްކަތްތައް ކުރުން.

·         އެއްގަމާއި ކަނޑުގެ ލައިސަންސް ދޫކުރުމުގެ މަސައްކަތް ކުރުން

·         އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ރަޖިސްޓްރީ ދޫކުރުން.

·         ރޯޑުވާދިނަސް، އޮޑީ ނަންބަރ އަދި ސަރވޭ ކުރުމުގެ މަސައްކަތް ކުރުން.

 

 

އަބުދުﷲ އިންފާޒް

ކައުންސިލަރ

ކެލާ ދާއިރާ

·         ލާމަރުކަޒީ ޤާނޫނާއި، ކައުންސިލްގެ ހިންގާ ޤަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތީން އަތޮޅުކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން ޤާނޫނުގެ 20 ވަނަ މާއްދާއިން މަތިކޮށްފައިވާ މަސްޢޫލިއްޔަތުތަކައި ޒިންމާތަށް އުފުލުން

·         އަތޮޅުކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ކަންކަން ތަންފީޒުކުރުމަށް ބޭނުންވާ ބަޖެޓް ތައްޔާރުކުރުން.

·         އަތޮޅު ރައްޔިތުންގެ މާލިއްޔަތާއި، އެންމެހައި ވަސީލަތްތައް ބެލެހެއްޓުން.

·         ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ހުދޫދުގެ ތެރޭގައި ކައުންސިލުން ނިންމުމުން  މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި، އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި، މަޞްލަޙަތުތަކާއި، މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި، ތަފާތު އެކި ކަންކަމަށް ފަންޑު އުފެއްދުން.

·         ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި، ކައުންސިލުން ނިންމުމުން މުނިސިޕަލް ބޮންޑާއި، ބިލާއި، މުނިސިޕަލް ސެކިއުރިޓީފަދަ އެކިއެކި މާލީ ސެކިއުރިޓީތައް އެކަށައަޅައި އެފަދަ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ވިއްކުން.

·         ރަށުކައުންސިލްތަކަށް ބޭނުންވާ ފަންނީ، މާލީ އެހީ ފޯރުކޮށްދިނުމުގައި އެހީތެރިވުން.

·         ފައިސާގެ ހިސާބުތައް ހިންގައި ބެލެހެއްޓުމުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާގޮތަށް ފުރިހަމަކުރުން.

·         ކައުންސިލްގެ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓް މާޗް މަހުގެ 10ގެ ކުރިން ފޮނުވުން.

·         ފައިސާއާބެހޭ އެންމެހައި ހިސާބުތައް ލިޔެ ބެލެހެއްޓުން.

·         މުސާރައާއި އެލަވަންސް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްކުރުން.

·         ފައިސާ ހަވާލުކުރުމާއި، ފައިސާ ބަލައިގަތުން.

·         ރަށްރަށުގެ ރައްޔިތުންގެ މާލިއްޔަތު ލިޔެ ބެލެހެއްޓުން.

·         ކުއްޔަށް ދޫކުރެވޭ ބިންބިމުގެ މަޢުލޫމާތު އެއްކުރުމާއި، އެ ތަންތަނަށް ލިބޭ ފައިސާގެ މަޢުލޫމާތު ލިޔެ ބެލެހެއްޓުން.

·         އެސް.ޓީ.އޯ ކްރެޑިޓް ސްކީމުގެ ފައިސާގެ ހިސާބުތައް ފޮނުވުން.

·         އެކިއެކި ފަންޑުތަކާބެހޭ ކަންތައްތަކާއި، ހިސާބުތައް ބެލެހެއްޓުން.

·         ހޮވާ ތަކެއްޗާއި، ލަނގުވާ ތަކެތީގެ މަޢުލޫމާތު ފޮނުވުން.

·         ފަޅުރަށްރަށާ ގުޅޭގޮތުން އަންނަ ކަންތައްތައް ބެލެހެއްޓުން.

·         ސަރުކާރުގެ ބައެއް މުއައްސަސާގެ އާމްދަނީ ބެލެހެއްޓުން.

·         ނީލަންކިޔަންޖެހޭ ތަކެތި ޤަވައިދުން ނީލަން ކިޔުން.

·         އަތޮޅު ކައުންސިލުން ހަމަޖައްސާގޮތެއްގެ މަތިން ރަށުކައުންސިލް އިދާރާގެ ހިސާބުތައް އޮޑިޓްކުރުން.

·         އަތޮޅު ކައުންސިލަށް އާމްދަނީ ލިބޭ ގޮތުގެ ތަފްޞީލް ލިޔެ ބެލެހެއްޓުން.

·         އަތޮޅު ކައުންސިލް އިދާރާ ހިންގުމަށް ބޭނުންވާ ތަކެތި ބަޖެޓުން ހޯދުން.

·         ކައުންސިލަށް ލިބޭ ފައިސާއާއި ކުރެވޭ ޚަރަދުތަކާ ގުޅިގެން ސަރުކާރަށް ފޮނުވަންޖެހޭ ރިޕޯޓް ފޮނުވުން.

ޔުނިޓްގެ އެންމެހާ ޒިންމާތައް ބެލެހެއްޓުން