މުރައިދޫ

މުރައިދޫ ކައުންސިލްގެ އިދާރާ


ތިލަދުންމަތީ އުތުރުބުރީ މުރައިދުއަކީ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތަރުތީބަށް މިހާރު ބަލާއިރު 13 ވަނަ ރަށެވެ. މިރަށުގެ އާބާދީއަކީ 899 މީހުންނެވެ. މިރަށުގައި ލަފާފުރުމަށްޓަކައި ބަނދަރެއް ހެދިފައިވެއެވެ. މިރަށު ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ލިބެން ހުރެއެވެ. ތަޢުލީމް ދިނުމަށްޓަކައި ޕްރީސްކޫލަކާއި ޕްރައިމަރީ ސްކޫލެއް އެބަހުއްޓެވެ. ޕްރައިމަރީ ސްކޫލްގައި ގްރޭޑް 10 އާ ހަމައަށް ކިޔަވައި ދެއެވެ

ސިއްޚީ ޚިދުމަތް ދިނުމަށްޓަކައި ސިއްޚީ މަރުކަޒެއް ހުރެއެވެ. އަދި އެތަނުގައި ޑޮކްޓަރަކާއި 2 ނަރުހުން ތިއްބަވައެވެ. އަދި އެސްޓީއޯގެ ބޭސްފިހާރައެއް ހުރެއެވެ. މުރާދުއަކީ ދަނޑުވެރިކަން ކުރެވޭނެ ބިމުގެ ތަނަވަސްކަން ލިބިފައިވާ ފަތްކެޔޮ ވަރަށްގިނައިން ހައްދާ ރަށެކެވެ.

މުރައިދޫ ކައުންސިލްގެ އިދާރާ ފޯން: 6500032

ކައުންސިލްގެ ރައީސް ޢަލީ ސިނާނު

ރައީސްގެ ފޯން: 7944966

އީމެއިލް: [email protected]