މޮޅަދޫ

ހއ. މޮޅަދޫ ކައުންސިލްގެ އިދާރާ


ތިލަދުންމަތީ އުތުރުބުރީ މޮޅަދުއަކީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަގެ ތަރުތީބުން މިހާރު 3 ވަނަ ރަށެވެ. މިރަށުގެ އާބާދީއަކީ 388 އެވެ. ރަށަކީ ބޮޑުރަށެކެވެ. ލަފާފުރަން އެހާ ފަސޭހަރަށެއް ނޫނެވެ. ރަށުގައި ގުދުރަތީ ފަޅެއް އޮވެއެވެ. އެހެންނަމަވެސް ފަޅަކީ ތިލަފަޅެކެވެ. ރަށުގެމީހުން ލަފާފުރުމަށް ބޭނުން ކުރަނީ ފާލަމެވެ. އެރަށުފަޅަކީ ހުޅަގު މޫސުމަށް ޚާއްސަކޮށް ވަރަށް ގަދަވާ ފަޅެކެވެ

މޮޅަދޫގައި 24 ގަޑިއިރު ކަރަންޓް ލިބެންހުރެއެވެ. ރަށުގައި ގްރޭޑް 10 އާހަމައަށް ކިޔަވައި ދެއެވެ. މިރަށުގައި ސިއްޙީ ޚިދުމަތް ދިނުމަށްޓަކައި ސިއްޙީ މަރުކަޒަކާއި ޑޮކްޓަރަކާއި 2 ނަރުހުންގެ އިތުރުން އެސް.ޓީ.އޯ ބޭސްފިހާރައެއް ހުރެއެވެ. ސިއްޙީމަރުކަޒުން 8 ގަޑިއިރުގެ ޚިދުމަތް ލިބެންހުރެއެވެ. މޮޅަދޫއަކީ  މުޅިއަތޮޅަށް ބަލާއިރު އެންމެ ތަނަވަސް ރަށުއޮފީސްހުރި ރަށެއްވެސް މެއެވެ. މޮޅަދޫއަކީ ދަނޑުވެރިކަން ކުރާފަރާތްތަކަށާއި ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޭނުންވާ ބިމުގެ ފުރުސަތުއޮތް ރަށެކެވެ

މޮޅަދޫގައި ވިޔަފާރިކުރާ ހުންނަނީ އެންމެ ފިހާރައެކެވެ. މިރަށުގައި 2 މިސްކިތް ހުރެއެވެ. އާސާރީގޮތުން ފާހަގަކުރެވޭ ކުރީޒަމާނުގެ ތަނެއްވެސް ހުރެއެވެ. އަތޮޅުގެ އާބާދީއަށް ބަލާއިރު އެންމެ ބައިމަދު ރަށަކީވެސް މޮޅަދުއެވެ.



މޮޅަދޫ ކައުންސިލް އިދާރާ ފޯން: 6500031

ކައުންސިލްގެ ރައީސް : މުޙައްމަދު ސިނާދު

ރައީސްގެ ފޯން: 7453119

އީމެއިލ: [email protected]